އެޗްއާރުސީއެމްގެ މެންބަރުން
ހަބަރު
28 May 2025 | 17:24
އެޗްއާރުސީއެމުން ފަސް އަހަރަށް 400 އަކަފޫޓްގެ ގުދަނެއް ކުއްޔަށް ނަގަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފަސް އަހަރަށް 400 އަކަފޫޓްގެ ގުދަނެއް ކުއްޔަށް ނަގަން ނިންމައިފި އެވެ.

އެ ކޮމިޝަނުން ވަނީ 250-400 އާ ދެމެދު އަކަފޫޓުގެ ގުދަނެއް ހިފަން ބޭނުންވެގެން ޖަނަވަރީ ނުވަ ވަނަ ދުވަހ އިއުލާނެއް ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ އެ އިއުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބު ތަކުގެ އަގު މިކޮމިޝަނުން ކަނޑައަޅާފައިވާ ބަޖެޓަށްވުރެން ބޮޑު ކަމަށެވެ.

އެހެން ކަމުން އެ އިއުލާނު ބާތިލުކޮށް އަލުން ވަނީ އިއުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުން ވަނީ އެކަމަށް އެދޭ މީހުން ޖޫން 11 ވަނަ ދުވަހުގެ ކުރީން އަންދާސީ ހިސާބު ހުށައެޅުމަށް އެދިފަ އެވެ.

އެޗްއާރުސީއެމުން ގުދަނެއް ނަގަނީ ކީއްކުރަން ކަމެއް ނުބުނެ އެވެ.

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ އެ ކޮމިޝަނަށް އަބަދުވެސް އާންމުންގެ ބޮޑު ފާޑުކިޔުމެއް އޮވެ އެވެ. ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭރަކު އޮންނަ ސަރުކާރެއްގެ ނިވަލަށް ވަދެ ކޮމިޝަނުންގެ މެންބަރުން ގާނޫނީ ޒިންމާއިން ރެކި ބޮޑު މުސާރަ ނައިގެން ތިބެނީ އެވެ. އެއީ ބޭކާރު ކޮމިޝަނެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.