ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް -- ފައިލް ފޮޓޯ
ހަބަރު
29 May 2025 | 00:50
އޮޑިޓްގައި ފާހަގަކޮށްފައިވާ ދެ މައްސަލައާ މަހްލޫފާ ގުޅުމެއް ނެތް، ހެއްކާއެކު ސާފުކޮށް ދެއްވައިފި

ޔޫތު މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ތަހުގީގު ކުރަންޖެހޭ ކަމަށް އޮޑިޓަރު ޖެނެރަލް ފާހަގަ ކޮށްފައިވާ ދެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަން ސާފުކޮށްދީ އެކަމުގެ ހެކިތައް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދައްކަވައިފި އެވެ.

އާންމުކޮށްފައިވާ ޔޫތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ދެ މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޔޫތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދެއްވާ ކުރީގެ މިނިސްޓަރު މަހްލޫފް ވަނީ ސޯޝަލް މީޑިއާގައި ދިގު ބަޔާނެއް ހިއްސާ ކުރައްވާފަ އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ އެންމެފަހު ބައްދަލުވުމުގައިވެސް، ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އޮޑިޓަރުން މިނިސްޓްރީގެ ވެރިންނަށް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި ކޮންމެ އަހަރަކުވެސް ޔޫތު މިނިސްޓްރީ އޮޑިޓް ކޮށްފައިވާއިރު، ފަސް އަހަރު ތެރޭ އެންމެ ފަހަރަކުވެސް އެއްވެސް ކަމެއް އިސްލާހުކުރަން ރަސްމީ އަދި ނުރަސްމީ ލަފައެއް ވެސް ދީފައެއް ނުވެ އެވެ.

ފުރަތަމަ ކަމަކަށް މަހްލޫފް ފާހަގަ ކުރެއްވި ކަމަކީ އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރެން ޖެހޭ ކަމެވެ.

"..ފަހަރުގައި އެކަން ނުވަނީ ބަޖެޓު ނެތިގެން ނަމަވެސް، 7 އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހު ކުރަން ވެސް ފުރުސަތު ނުލިބޭނެ އެވެ. ރައީސް ނޫނީ ވަޒީރަށް ފިޔަވަޅެއް އަޅަން ފުރުސަތެއް ނުލިބޭނެ އެވެ. އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއް ކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ލިޔެކިއުން ފުރިހަމަ ކޮށްދޭނެ ކަމަށް ނުދެކެމެވެ," އޮޑިޓް ރިޕޯޓް ނެރުމުގައި މިހާރު އަމަލު ކުރެވޭ ގޮތާމެދު މަހްލޫފްގެ ހިޔާލު ހިއްސާ ކުރައްވާ ވިދާޅުވި އެވެ.

މިހާރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓަކީ ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ޞާލިހު އަދި ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ވެސް ހިމެނޭހެން ނެރެފައިވާ ރިޕޯޓެކެވެ. އަދި ވަރަށް ބޮޑެތި އޮޅުންއަރާފަދަ މައުލޫމާތުތައްވެސް ރިޕޯޓުގައި ހުރިކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޔޫތު މިނިސްޓްރީ އިން 576 ޕްރޮޖެކްޓު ހިންގި އިރު އޭގެ ތެރޭގައި ތަހުގީގު ކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވަނީ އެންމެ 2 މައްސަލަ އެވެ. އޭގެ ތެރެއިން އެއް މައްސަލަ އަކީ ފުޓުބޯޅަ ސްކޫލުގެ މައްސަލަ އެވެ. ނަަމަވެސް އެއީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމުގެ ކުރިން ފަށާފައިވާ މަސައްކަތެއްކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ.

ދެން ހިމެނެނީ ޔޫތު މިނިސްޓްރީއަށް ގަނެފައިވާ ވެހިކަލްތަކާއި ގުޅޭ މައްސަލަ އެކެވެ. މަހްލޫފް ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރު އޮޅުވާލައިގެން އައު ވެހިކަލެއް ގޮތަށް ވިއްކާފައިވާތީ ކޮންޓްރެކްޓަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ވަނީ ހުށައަޅާފަ އެވެ. އަދި އެ ކަމުގައި ވެސް މިނިސްޓްރީގެ މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެންފާހަގަ ކޮށްފައިވަނީ ރަނގަޅު ކުރަންޖެހޭ ކަމަށް އޮޑިޓް އޮފީހަށް ފެންނަ ބައެއް ކަންކަމެވެ. އަހަރުން އަހަރަށް އޮޑިޓް ރިޕޯޓު އާއްމުކުރެވޭނަމަ، އަދި އިސްލާހު ކުރަން ޖެހޭ ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަންކަން މަޝްވަރަާކޮށް އިސްލާހު ކުރަން މުވައްޒަފުންނަށް ފަސޭހަވާނެއެވެ," މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވަނީ އޮޑިޓްގައި އިސްލާހު ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަންކަމާއި ގުޅޭގޮތުން ތަފްސީލު ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އަދި ޓާފްގެ މަސައްކަތް ވަކިވަކިން އިއުލާން ކޮށްގެން މަސައްކަތް ކުރި ސަބަބެވެ. ވިދާޅުވީ އެކަން ކުރީ އެ މަސައްކަތް ވަކިވަކިން ކުރުމަށް ގާނޫނުން ޖާގަލިބޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދި އެ ދެ މަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށްވުރެ ހެޔޮއަގުގައި ދައުލަތަށް ފައިދާވާ ގޮތަށް ވަކިވަކިން މަސައްކަތް ކުރެވޭތީ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ގިނަ މަސައްކަތްތަކެއް އަވަހަށް ކުރެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ. މި ސަރުކާރުން ވެސް ވަކިވަކިން އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސަބަބާ ހެދި ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީން ހިއްސާކޮށްފައިވާ ލިސްޓު (އެކްސެލް ފައިލް) އެއްގައި ބައެއް މައުލޫމާތުތައް ފުރިހަމަނުވުމަކީ، ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިކެކިއުން ފުރިހަމަ ނުވުން ނޫން ކަމަށް ވެސް މަހްލޫފް ފާހަގަ ކުރެއްވި އެވެ. އެއީ ލިޔެކިއުން ނެތުމެއް ނޫން ކަމަށާ ލިޔެކިއުން ގަސްތުގައި ފުރިހަމަނުކޮށް މުވައްޒަފުން މަސައްކަތެއްކޮށްފައި ހުންނާނެ ކަމަަށް ގަބޫލެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދެން ފާހަގަ ކުރެެއްވީ ކުޅިވަރު ސާމާނަކީ ލިއުމުން ކައުންސިލްތަކަށް ނޫންނަމަ ކުލަބް ޖަމިއްޔާއަކަށް ހަވާލުކޮށް، އެފަރާތުން އަންގާ ފަރާތަކާ ހަވާލު ކުރާ ސާމާނު ކަމެވެ. އަދި ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭކަން ފާހަގަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު ޔޫތު ސެންޓަރުންތައް ހިންގުން ވަނީ ކައުންސިލްތަކާއި ހަވާލުކޮށްފައި ކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮށްފައިވާ ހަރަދުތަކަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ކުރީގެ ހަރަދު ތަފްސީލެއް ކަމަށާ މިނިސްޓްރީއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދާނީ، ހަރަދު ތަފްސީލު މިނިސްޓްރީއަށް ހުށައަޅާ ގޮތަށް ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އެތަފްސީލު ލިޔުމުން ފެންނަން ހުންނާ ކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބައެއް ފިކްސްޑް އެސެޓްސް ގެއްލިފައިވާ ކަމަށް އޮޑިޓްގައި ވާއިރު އޭގަވަނީ މި ސަރުކާރުން ސްޕޯޓްސް އަދި ޔޫތު މިނިސްޓްރީ ވަކިކުރިއިރު ގެއްލިގެން މީޑިއާގައި ރިޕޯޓުކޮށްފައިވާ ބައެއް ސާމާނު ކަން ވެސް މަހްލޫފް ފާހަގަ ކުރެއްވި އެވެ.

މަހްލޫފް ވިދާޅުވީ ވަރަށް ބާރަށް 576 ޕްރޮޖެކްޓު ކުރިއަށްދިޔައިރު އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެންމެ ގިނަ ޕްރޮޖެކްޓު ހިންގި އެއް މިނިސްޓްރީއަށް [ޔޫތު މިނިސްޓްރީ] ވެފައި ތަހުގީގު ކުރަންޖެހޭ އަދި އެއީ އަޅުގަނޑުމެންނާއި ގުޅުމެއްވެސް ނެތް އެންމެ ދެ މައްސަލަ ކަމަށް ވީކަމީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެކެވެ," އޮޑިޓް ރިޕޯޓްގައިވާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވާ ކުރީގެ ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވި އެެވެ.

ކޮމެންޓް
ދޮންދުބުރިމާ
ދުވަހަކުވެސް މި ވެރިންގެ މައްސަލަ އެއް ނުއޮންނާނެ
29 May 2025
ގަލަން
މިގައުމުގެ ހުރިހާ ސިޔާސީ ބޭކަލުން ވައްކަން ކޮއްފަ އުޅޭނީ ރެކެންވެގެން..
29 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.