ހައްޖު ކޯޕަރޭޝަންގެ ޓީމް މައްކާގައި: ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
29 May 2025 | 09:38
މިއީ ހައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތް ދެވޭ އަހަރަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ހައްޖު ކޯޕަރޭޝަން

މި ފަހަރު ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދިވެހި ތާރީޚުގައި ޙާޖީންނަށް ފޯރުކޮށްދެވޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. 

ހައްޖު ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، 1446ހ ވަނަ އަހަރުގެ ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖު ކޯޕަރޭޝަނުން ދިވެހި ޙައްޖުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކެއިން ބުއިމުގެ ބާވަތްތައް ޓެސްޓުކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން މުޠައްވިފަށް މިހާރު އަންގާފައިވާނެ ކަމަށެވެ. 

އަދި އެ ކޯޕަރޭޝަނުން ހައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްދޭ އަހަރަށް މި އަހަރު ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، ހައްޖު ވެރިން ފުރަން ފަށާފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ވަނީ ހިމަނާފަ އެވެ. މައްކާ ރޫޓު އިނީޝިއޭޓިވް ގައި ހިމެނުމާ އެކު ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެވެ. އެގޮތުން ދިވެހި ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ. ހައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުން މައްކާ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެ އެވެ. 

ހަމަ އެހެންމެ، މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެހެން ކަމުން މިއަހަރަކީ ދިވެހި ހައްޖުވެރިންނަށް މިނާއާއި އަރަފާތުގައި މީގެ ކުރިން ނުލިބޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދާނެ އަހަރެކެވެ. އެގޮތުން މިނާގެ ކެޓަގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރުމާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ބަހައްޓާފައި ހުންނާނެ އެވެ.

ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބޭނެ އެވެ. އަދި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި ވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދިވެހި ހައްޖުވެރީންނަށް ހާއްސަކޮށް ރަސްމީކޮށް ކުލިނިކެއް ހެދުމުގެ ހުއްދަ ސައުދީ ސަރުކާރުން ދިނުމައި ގުޅިގެން ވަނީ ކްލިނިކެއް ވެސް ގާއިމު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Jul 2026
ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަނީ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Jul 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.