ޕާކިސްތާނުގައި ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ އަޑުއުފުލުމެއްގެ ތެރެއިން.. ފޮޓޯ: އެކްސްޕްރެސް ޓްރިބިއުން
ހަބަރު
29 May 2025 | 13:40
ޕާކިސްތާނުގައި ދުންފަތަށް ކުރާ ހޭދަ، އަހަރެއްގެ މައްޗަށް 2.5 ބިލިއަން ޑޮލަރުގައި

ޕާކިސްތާނުގައި އަހަރެއްގެ މައްޗަށް 700 ބިލިޔަން އިންޑިޔާ ރުޕީސް ނުވަތަ 2.5 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ޕާކިސްތާނުގައި އަހަރެއްގެ މައްޗަށް 700 ބިލިޔަން ރުޕީ ނުވަތަ 2.5 ބިލިޔަން އެމެރިކާ ޑޮލަރު ދުންފަތަށް ހޭދަވެއެވެ. މި ރިޕޯޓުގައި ބުނެފައިވަނީ، އަހަރުން އަހަރަށް ދުންފަތަށް ކުރާ ހޭދަ މައްޗަށްދާއިރު، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަށް ވެސް އެ ޤައުމުގައި އިތުރުވަމުންދާ ކަމަށެވެ.

ރިޕޯޓްގައިވާގޮތުން ދުންފަތުގެ ސަބަބުން އެ ބޭނުންކުރާ މީހުން ކެންސަރާއި އެނޫންވެސް ބަލިތަކަށް ހުށަހެޅޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އޭގެއިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްކަށް ވެސް އޭގެ ސަބަބުން އެތައް ގެއްލުންތަކެއް ލިބެއެވެ. އޭގެތެރޭގައި، އެމީހުންނަށް ލިބޭ ދަރިން އައިބުވުން ފާހަގަކޮށްލެވެއެވެ.

ދުންފަތުން ކުރިއަށް އޮތް ޖީލު ސަލާމަތްކުރުމަށްޓަކައި ދުންފަތުން ނެގޭ ޓެކްސް ބޮޑުކުރުމާއި، މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުން މުހިއްމުކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ. ދުންފަތުން ނެގޭ ޓެކުހުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ އަދަދު މަދުވެ، ޤައުމަށް ލިބޭ އާމްދަނީ އިތުރުވެ އަދި ސިއްޙީ ދާއިރާއަށް ވެސް އޭގެ ސަބަބުން ކުރިއެރުން ލިބޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. 

2023 ވަނަ އަހަރުގައި ޕާކިސްތާނުގައި ހެދުނު ދިރާސާއެއްގައިވާ ގޮތުން، އެޤައުމުގައި ދުންފަތުންނެގޭ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދުންފަތް ބޭނުންކުރާ މީހުންގެ %19.2 މީހުންވަނީ ދުންފަތާ ދުރުވެފައެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދުނިޔެއިން އަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔެ ދޫކުރާއިރު، މިކަމަކީ އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް