ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުالله: ފޮަޓޯ/ އަދާލަތު ޕާޓީ
ހަބަރު
29 May 2025 | 12:44
އިލެކްޓްރޯނިކް މޮނިޓަރިންގްޓެގްގެ ނިޒާމް ޤާއިމް ކުރީ އަޅުގަނޑުމެން: ޢިމްރާން

އިލެކްޓްރޯނިކް މޮނިޓަރިންގްޓެގްގެ ނިޒާމަކީ ރައީސް އިބްރާހިމް މުޙަންމަދު ޞާލިޙްގެ ވެރިކަމުގައި, ޤާއިމް ކުރި ނިޒާމެއް ކަމަށް، އޭރުގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. 

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން އިއްޔެ ވަނީ ފަށާފައެވެ.

އެގޮތުން، ދެމީހަކު އިއްޔެ ދޫކޮށްލާފައިވާއިރު، މިއަދު 5 މީހުން ދޫކޮށްލުމާ ގުޅޭގޮތުން ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. 

‏އެކަމާއި ގުޅިގެން ޢިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިސަރުކާރުން އެކަން ކުރަން އުޅެނީ، ބޮޑެތި ކުށްކުރާމީހުންގެ ތެރޭގައި ހިމެނޭ، ރައީސުލް ޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްލަން ކަމަށް ތުހުމަތު ކުރައްވާފައެވެ. 

‏ތިޔަ ހައްދަނީ ވަރަށްބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަން ކަން އަޅުގަނޑުމެނަށް އެނގޭ.

ޢިމްރާން ޢަބްދުالله

ކުށްވެރިންގެ ޓެގު އެޅުވުމުގެ ނިޒާމަކީ ރައީސް ޞާލިޙް ފެއްޓެވި ކަމެއް ކަމުގައި ޢިމްރާން ވިދާޅުވިއިރު، ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސް ސާވިސް ގުޅިގެން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގަ އެވެ. 

އެދުވަހު އަމިއްލަ ކުންފުންޏަކާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ޓެގް ރާއްޖެ ގެނެސްފައިވާއިރު، އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުގެ މިނިސްޓަރު ކަމުގައި ނުރައްކާތެރި ކުށްވެރިންގެ ޓެގް އަޅުވައި މޮނީޓާ ކުރުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ނަމަވެސް ފަހުން އެކަން ހުއްޓާލާފައި އޮއްވާ އަލުން ފެށީ ޞާލިޙްގެ ވެރިކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.