ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު- ފޮޓޯ/ ގެދޮރުވެރިކަމާ ބެހޭ ވުޒާަރާ
ހަބަރު
29 May 2025 | 14:24
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ. 

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުން މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ، މިއަދު ހަވީރު 16:00 ގައި ކަމަށެވެ. އަދި ޕްރެސްކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ކަމަށެވެ. 

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނައިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފުލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

އެހެންކަމުން، މިއަދުގެ ބައްދަލުވުމުގައި ފްލެޓް ލިސްޓާއި ގުޅޭ ޝަކުވާ ތަކާއި، ދާއިމީ ލިސްޓް އިއުލާނު ކުރާނެ ތާރީޚާ ގުޅޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމު މިހާތަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ޝަކުވާތައްކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާއްމުކުރި ފްލެޓް ލިސްޓް މުރާޖައާކުރުމަށްފަހު މި ސަރުކާރުން އަލުން އެ ލިސްޓް އާއްމުކޮށްފައިވަނީ، މިދިޔަ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.