އައިޝާ ނޫރައިން ޖަނާހު
ހަބަރު
29 May 2025 | 16:37
އެމްއޭސީއެލްގެ ޗެއާޕާސަން ކަމުގެ މަގާމަށް ނޫރައިން އައްޔަނުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަނުކޮށްފިއެވެ.

އެމްއޭސީއެލްގެ ޗެއާޕާސަންކަމުގެ މަގާމަށް ނޫރައިން އައްޔަނުކުރިކަން ޕީސީބީންވެސް ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ޔަގީންކޮށްދީފައެވެ.

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމުގައި އެންމެފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އެމްޔޫމަނިކް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ބަލިހާލަތު ހުރިގޮތުން މިދިޔަ އަހަރުގެ ތެރޭގައެވެ. އެމްއޭސީއެލްގެ ޗެއަޕާސަންގެ މަޤާމަށް އައްޔަނުކުރި ނޫރައިން އެންމެފަހުން ހުންނެވީ މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަނުގެ ޗެއާޕާސަންކަމުގެ މަޤާމުގައެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވާފައިވަނީ، މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ނޫރައިން މަގާމުން އިސްތިއުފާދެއްވީ ކޮން ސަބަބަކާހެދިކަމެއް ޕީސީބީއަކުން ބުނެފައެއް ނުވެއެވެ.

ނޫރައިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ

ނޫރައިން އަކީ އެކައުްނޓިން ދާއިރާގެ ސްޕެޝަލިސްޓެކެވެ. އޭނާއަކީ ޗާޓަޑް އެކައުންޓަންޓެކެވެ. ނިއުޒީލޭންޑުގެ އެންމެ ބޮޑު ޓެކްސް ފާމް ކަމަށްވާ ވިލިއަމް ބަކްގައި މަސައްކަތް ކުރެއްވި ނޫރައިން ވަނީ ނިއުޒިލެންޑްގެ “ސްޓަފް” ނޫހުން ހޮވި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި 2017 އަހަރު ހިމެނިފަ އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު “ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް” ވެސް ހޯއްދެވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް