މިހާރު އަޅަން ފަށާފައިވާ ހަތަރުހާސް ފްލެޓް -- ފޮޓޯ: ވޮއިސް
ހަބަރު
29 May 2025 | 17:15
ގެދޮރުވެރިޔާ ސްކީމް: ހުރިހާ ފްލެޓެއް ނިންމާ ސެޕްޓެންބަރުގެ ނިޔަލަށް ހަވާލުކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އަޅަން ފަށާފައިވާ ހުރިހާ ފްލެޓްތަކުގެ މަސައްކަތް އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ވަޒީރު ވިދާޅުވީ ސަރުކާރުން ބެލީ ވީހާވެސް އަވަހަށް ހުރިހާ ފްލެޓްތައް ނިންމުމަށް ކަމަށެވެ. އެ ގޮތުން ވަރަށް އަވަހަށް 1,000 ފްލެޓްގެ މަަސައްކަތް ނިމޭނެ ކަމަށެވެ.

އެގޮތުން ޖުލައި މަހުގެ ތެރޭގައި 1,000 ފްލެޓް މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކުގެ މަަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ވަޒީރު ވިދާޅުވީ ކުރީން އޮތީ ފްލެޓްގެ މަަސައްކަތް ނިންމާ ފެނާއި ކަރަންޓް ގުޅުން ފަދަ ކަންކަން ވަކީން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. ނަމަވެސް ފްލެޓްތައް ނިމޭ މިންވަރަކުން ފެނާއި ކަރަންޓްގެ ކަންކަން ނިންމާ އެގްރީމަންޓްތައް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އާ ލިސްޓެއް ނުހަދާނެ 

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް މި ސަރުކާރުން ނުނެރެން ނިންމާ އެ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

މުއްތަލިބު ވިދާޅުވީ އެ ގޮތަށް އަމަލު ކުރަން ނިންމި ނަމަވެސް ފްލެޓް ލިސްޓާއި ގުޅޭގޮތުން އޭސީސީން އަންގާފައިވާ އެންގުންތަކަށް ބަލާނެ ކަމަށެވެ. އެގޮތުން ފްލެޓަށް ޝަރުތު ހަމަނުވާ މީހުން ތިބި ނަމަ އެ ބަޔަކު އުނިކުރާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ދިނުމަށް އޮތް ދަތިކަމުގެ ސަަބަބުން ކަން ފާހަގަ ކުރައްވާ މުއްތަލިބު ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން 2007 ވަނަ އަހަރުގެ ކުރީން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ޝަރުތުހަމަވާ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

އެގޮތަށް ބަލަން ނިންމީ ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށް ފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމަކަށްވާތީ ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ބަޔަކު ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން ބަލާނީ ވަކި ލިޔުންތަކަކަށް ނޫން. ހުށައަޅާފައިވާ ހުރިހާ ލިޔުންތަކަށް އަޅުގަނޑުމެން ބަލާނަން," މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ