މިހާރު އަޅަމުންދާ 4000 ފްލެޓް -- ފޮޓޯ: ވޮއިސް
ހަބަރު
29 May 2025 | 17:27
ފްލެޓް ލިސްޓްގައި ހުރި ގޯސްތައް: 391 ދެމަފިރީން ހިމެނޭ، ގޯތި އޮތް 302 މީހަކު އަދި ގޯތި ލިބުނު 305 މީހަކު ހިމެނޭ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ލިސްޓްގައި ހުރި ގޯސްތައް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު ފާހަގަކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް މި ސަރުކާރުން ނުނެރެން ނިންމާ އެ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީންނަށް ވެސް ހިމެނިފައި އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކު ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ވެސް ހިމެނޭ ކަމަށެވެ.

އެ ތަފްސީލް މިނިސްޓަރު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

* 391 ދެމަފިރީންނަށް ލިސްޓްގައި ހިމެނޭ

* ގޯއްޗާއި ފްލެޓް އޮތް 302 މީހަކު ހިމެނޭ

* ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު 305 މީހަކު ހިމެނޭ

މީގެ އިތުރުން އޮޅުވާލައިގެން ފްލެޓް ލިސްޓްގައި ނަން ހިމަނާފައިވާ މީހުން ތިބި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން ކަމަށެވެ. އެހެން ކަމުން ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގޯއްޗާއި ފްލެޓް އޮތް މީހަކަށް އަލުން ފްލެޓް ލިބުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ނަކަސް
އެކަމުވެސ އޮތ ގޮތައ ދޭން ތިއުޅެނީ އެއްޗެއްގަ މައްސަލަތަކެއް ހުރުމަކީނއޭގެ ސައްހަ ކަން ގެއްލޭކަމެއް އަލުން އިއުލާންކުރަން ޖެހޭނީ
29 May 2025
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ