މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 May 2025 | 23:40
މި ސަރުކާރުގައި ސިއްހީ ދާއިރާއަށް ބޮޑުކުރިއެރުމެއް: 4.3 ބިލިއަން ރުފިޔާގެ މަޝްރޫއު، 1200 ވަޒީފާ

މި ސަރުކާރަށް މިވީ 18 މަސްދުވަސްތެރޭ ސިއްހީ ދާއިރާއަށް ކުރިއެރުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަ ކުރައްވާ ނަންބަރުން އެ ތަފްސީލު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަ ކުރައްވައިފި އެވެ.

އެމަނިކުފާނު އެ ތަފްސީލު ހާމަކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ސިއްހީ ސިޔާސަތަކީ ކޮންމެ ރަށަކުން އެކަށީގެންވާ ސިއްހީ ފަރުވާގެ ހިދުމަތް ލިބުން ކަމަށާ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހަމަހަމަކަމާ އެކު ސިއްހީ ހިދުމަތް ލިބޭކަން ކަށަވަރު ކުރުން ކަމުގައި ވިދާޅުވި އެވެ.

އެ އަމާޒަށް ވާސިލުވުމަށް މިހާތަނަށް ސިއްހީ ދާއިރާގެ ތަރައްގީއަށް 4.3 ބިލިއަން ރުފިޔާގެ މަޝްރޫއު ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ. 

"ގާތްގަނޑަކަށް ހަތަރުހާސް ތިންސަތޭކަ މިލިއަން ނުވަތަ 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަމައެކަނި ސިއްހީ ދާއިރާގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެބަ ކުރިއަށްދޭ," ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެއީ 60 މަޝްރޫއު ކަމަށެވެ. އޭގެ ތެރެއިން 18 މަޝްރޫއުއަކީ މާލޭ ސަރަހައްދުގައި ފެށިފައިވާ މަޝްރޫއުތައް ކަމުގައި ވިދާޅުވެ ބައެއް ތަފްސީލްތައް ދެއްވި އެވެ.

މި ދައުރުގައި މިހާތަނަށް 1200 ވަޒީފާ

ރައީސް މިރޭ ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީއާއެެކު އިންސާނީ ވަސީލަތް ތަރައްގީ ކުުރުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެކެވެ. އެ ގޮތުން ސިއްހީ ހިދުމަތްތެރީން އިތުރުކޮށް ފެންވަރު މަތިކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވި އެވެ.

އެގޮތުން މިހާތަނަށް, މި ސަރުކާރުގެ 18 މަސް ދުވަސްތެރޭ ސިއްހީ ދާއިރާ އިން 1200 ވަޒީފާ އުފައްދާފައިވާ ކަން ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން 740 ވަޒީފާ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އުފައްދާފައިވާ ވަޒީފާތައް ކަމަށެވެ. މިހާތަނަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް 640 މުަވައްޒިފުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަދި އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް 450 ވުރެ ގިނަ މުވައްޒިފުން ނަގަން ހުއްދަ ދީ އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުންނާއި ނަރުހުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ނަރުހުން ލިބުމުގައި ދަތިތަކެއް

މިރޭގެ ޖަލްސާގައި ރައީސް ވަނީ ނަރުހުން ހޯދުމަށް ވަރަށް ބޮޑަށް ދަތިވާކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ފާހަގަ ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ނަރުހުންގެ ވަޒީފާއަށް 218 މީހަކު ނެގުމަށް ހުއްދަ ދީފައިވާއިރު އަދިވެސް 70 ވަރަކަށް ނަރުހުން ނުލިބޭ ކަމަށެވެ. ގައުމީ ޔުނިވާސިޓީން ނަރުހުން ތަމްރީނު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާ އަދި ތަމްރީން ވެގެން ނަރުހުން ވެސް ނިކުންނަމުންދާ ކަމަށެވެ. އެހެން ކަމުން ރައީސް އެދިވަޑައިގަތީ ތަމްރީނު ވެގެން ނިކުންނަ ނަރުުހުން ޚިދުމަތާއި ގުޅުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.