މާލޭގެ މަގެއްގެ މަތި -- ފައިލް ފޮޓޯ
ހަބަރު
30 May 2025 | 13:57
އީދު އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކުގެ ތެރެއިން: ހުތުބާ

އީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކާއި އަހްލާގީ އިމުން ބޭރުނުވާ ގޮތަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ހައްޖުގެ މި މާތް މައްސަރުގެތެރޭގައި އަންނަ އެންމެ މުހިންމު އެއް ދުވަހަކީ އަލުހާ އީދު ދުވަސް ކަމަށާ އެއީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށެވެ.

ހައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަލްހާ އީދުގެ އުފާވެރި ދުވަސްތައްކަން ފާހަގަ ކޮށް ހުތުބާގައި ބުނެފައި ވަނީ އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުން, ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުން ކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

"އީދު ދުވަހަކީ މުސްލިމުން އުފާ ފާޅުކުރުމުގެ ދުވަހެވެ. ރީތި ހެދުންލައި ޒީނަތްތެރިވުމުގެ ދުވަހެވެ. އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިޔުމުގެ ދުވަހެވެ. އީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުއާ އާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރާން ޖެހެ އެވެ. އީދު ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތް ކުރުމުގެ ދުވަހެވެ. އީދު ނަމާދަށްފަހު ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނަށް ޒިޔާރަތްކޮށް، އީދުގެ ތަހުނިޔާ ކިޔުމާއި އީދު ސަލާމްކުރުން މުސްތަޙައްބުވެގެން ވެއެވެ," ހުތުބާގައިވެ އެވެ.

އީދު ދުވަހު އުފާކުރުމާއި އުފާފާޅުކުރުމަކީ ހުއްދަކަމެއް ކަމަށާ ނަމަވެސް އީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކާއި އަހްލާގީ އިމުން ބޭރުނުވާ ގޮތަށް ކަަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި އެކަން ކުރަން ޖެހޭނީ ތިމާގެ އަމިއްލަ ނަފުސަށް ވެސް އަދި އެހެން މީހުންނަށް ވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަށް އާއްމު މަސްލަހަތަށް ޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފު ނުވާ ގޮތެއްގެ މަތީން ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ