މިއަދުގެ ޕޮޑްކާސްޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 May 2025 | 14:18
ރަސްމީ ތިން ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސް

މި އަހަރުގެ އަލްހާ އީދުގެ ބަންދަށް ފަހު އެ ހަފްތާގެ ރަސްމީ ތިން ދުވަސް ބަންދު ނުކުރީ އެއީ ޒިންމާދާރު ގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އަލްހާ އީދު ދުވަހަކީ ޖޫން މަހުގެ ހައެއްވާ ހުކުރު ދުވަހެވެ. އީދު ބަންދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުކުރުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އީދުގެ ބަންދަށް އެ ހަފްތާގެ ރަސްމީ ތިން ދުވަސް އިތުރުކޮށްދޭނެ ކަމަށް ބައެއް މީހުން ތިބީ އުންމީދު ކޮށްގެންނެވެ.

ސަރުކާރުން ވަނީ އީދު ބަންދުގެ ގޮތުގައި ކަނޑައަޅާފައިވާ މުއްދަތު ދިގު ނުކުރަން ނިންމާފަ އެވެ. އެ ނިންމުމާއި ގުޅޭގޮތުން "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިން ދުވަސް ބަންދު ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަަމަށެވެ.

މީގެ ކުރީން ބައެއް ފަހަރު އެއް ދުވަސް ނުވަތަ ދެ ދުވަސް ބަންދުކޮށްފައިވާ ކަމަށާ ނަމަވެސް ތިން ދުވަސް ބަންދު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިން ދުވަސްވީމަ ބަންދެއް ނުކުރަން. ވަރަށް ގިނަ މީހުން އުންމީދު ކުރާކަށް އަޅުގަނޑަށް ވެސް އެނގޭ. އެކަމަކު ވެސް ތިން ދުވަސް ބަންދު ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ އިނގޭތޯ," ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ