ރައީސް ޑރ. މުޙައްމަދު މުޢިއްޒު:ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 May 2025 | 15:00
ދުންފަތުން ނަގާ ޓެކްސް ބޭނުން ކުރާނީ ސިއްޙީ ދާއިރާ ވަރުގަދަ ކުރަން: ރައީސް މުޢިއްޒު

ދުންފަތުން ނަގާ ޓެކްސް ބޭނުން ކުރާނީ ސިއްޙީ ދާއިރާ ވަރުގަދަ ކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ދުންފަތް މަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ވަނީ ދުންފަތް އެތެރެ ކުރުމަށް ނަގާ ޓެކްސް ބޮޑުތަނުން ބޮޑުކޮށްފައެވެ. އެކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އަންނަނީ ޓެކްސް ބޮޑު ކުރީ ދުންފަތް މަނާ ކުރުމުގެ ނިޔަތް ސަރުކާރުގެ އޮވެގެން ނޫންކަމަށް ބުނެ ގިނަ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރަމުންނެވެ.

ރައީސް އޮފީހުން ގެނެސްދޭ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ދުންފަތުގެ އިސްތިއުމާލު ކުރާ ވަރަށް ގިނަ ބަޔަކު އެކަމަށް ދެވިހިފާފައިވާ ކަމަށެވެ. އެހެންކަމުން، ކުއްލިއަކަށް އެކަން އެއްކޮށް މަނާ ނުކުރެވޭނެ ކަމަށެވެ.

އޭގެ ބަދަލުގައި މަރުހަލާ ތަކަކަށް ބަހާލައިގެން މަނާކުރުން ކުރިއަށް ގެންދާއިރު، ޓެކްސް ބޮޑުކުރުމަކީވެސް އޭގެ ތެރެއިން ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. 

ދުންފަތް އެތެރެކުރުމުން އެ ދައްކަންޖެހޭ ފައިސާ، އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި މިއޮތީ ސިއްޙީ ދާއިރާ ވަރުގަދަކުރަން ބޭނުން ކުރަން… އަޅުގަނޑު ތަކުރާރުކޮށްވެސް މި ދަންނަވަނީ މި ވިޔަފާރި ދޫކޮށްލައްވާށޭ. އެ ލިބޭ އެއްޗެއް ވިއްޔާ އަޅުގަނޑުމެން ހޭދަކުރާނީ ޕްރިވެންޓިވް ހެލްތުކެއާއަށް. މާނައަކީ ބަލިތަކުން ދުރުވުމަށް ހޭލުންތެރި ކުރުވުމަށާ، އަދި ބަލި ޖެހުނީމާ ފަރުވާގެ ނިޒާމް ވަރުގަދަ ކުރުމަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފައެވެ. އެ ބަދަލު ތަކުގެ ތެރޭގައި ފާހަގަ ކުރެވެނީ:

* ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑު ކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5 ރުފިޔާ ވަނީ ބޮޑުކޮށްފައި

* ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100 އަށް ބޮޑު ކުރުން.

ސަރުކާރުން މި ގެނައި ބަދަލު ތަކާއެކު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގު 240 ރުފިޔާ އަށް މައްޗަށް ވަނީ ޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ