ދަރިވަރުންތަކެއް ސްކައުޓް ހަރަކާތެއްގައި -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ހަބަރު
30 May 2025 | 14:43
ދިވެހި ސްކައުޓަށް 69 އަހަރު، ރައީސްގެ ތަައުރީފު ސްކައުޓުންނަށް

އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ދިވެހި ސްކައުޓުން ދައްކައިދީފައި ވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް, ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުނު ދުވަހެވެ. ގައުމީ ސްކައުޓް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މި  މުނާސަބަތާ ގުޅުވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ.

އަދި އިޖްތިމާއީ އެހީތެރި ކަމާއި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންތަކެއް ސްކައުޓް ހަރަކާތެއްގައި -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރައީސް ވަނީ ގައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ހަރަކާތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް އަރިސް ކުރައްވާފަ އެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނީ މީގެ 69 އަހަރު ކުރީން މާލޭގައި މަޖީދިއްޔާ ސުކޫލުގަ އެވެ. އޭގެ އަހަރުތަކެއް ފަހުން އަމިއްލަ ސުކޫލެއް ކަމަށްވާ މާލޭ އިންގްލިޝް ސުކޫލު ގައި ސްކައުޓް ހަރަކާތް ފެށި އެވެ.

އަދި ފަހުން މާލޭގެ ހުރިހާ ސުކޫލެއްގައި އެ ހަރަކާތް ފެށި ސްކައުޓް މޫވްމަންޓް ފުޅާވި އެވެ. މިހާރު އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދެ އެވެ.

ދަރިވަރުންތަކެއް ސްކައުޓް ހަރަކާތެއްގައި -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސްކައުޓް ހަރަކާތަކީ ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދޭ ވަރަށް ބޭނުންތެރި ހަރަކާތެކެވެ. 

ގައުމީ އެކި ކަންކަމުގައި މިހާރު ވެސް ސްކައުޓުން ގެންދަނީ ވަރަށް ބޮޑު ދައުރެއް އަދާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ