ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ހަބަރު
30 May 2025 | 14:55
ފްލެޓް ލިސްޓަށް ބަދަލު ނުގެނައީ ސޯލިހްފަދަ އަނިޔާވެރިއަކަށް ރައީސް މުއިއްޒު ނުވާތީ: މުއްތަލިބް

‏ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް މި ސަރުކާރުން ނުނެރެން ނިންމާ އެ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށް ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އަނިޔާވެރި ވެރިއަކަށް ވެވަޑައިނުގަންނަވާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުން ކަމަށް އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

އެ ނިންމުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްްޓެއްގައި ވަޒީރު މުއްތަލިބު ވަނީ އެ ނިންމުން ނިންމެވި ސަބަބު އިތުރަށް ތަފްސީލު ކޮށްދެއްވާފަ އެވެ. ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުގައި ނެރުނު ހިޔާ ފުލެޓު ލިސްޓުން ފުލެޓު ލިބޭނެ ކަމަށް އިއުލާނުކޮށް ލިޔުން ދެވުނު މީހުންގެ އަތުން އެ ފުލެޓުތައް އަތުލާ އެހެން ބަޔަކަށް ދިން ދިނުމަކީ އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ހައްގު ނިގުޅައިގަނެވިގެން ދިޔަކަމެއް ކަމަށެވެ.

"ރައީސް ޑރ. މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެފަދަ އަނިޔާވެރި ވެރިއަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށް," ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ބަދަލު ނުގެންނަން ނިންމި ނިންމުމާއި ގުޅޭގޮތުން މުއްތަލިބު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކަށް ދީފައިވާ އެެއްޗެއް، އެއީ ފެއިލްވެފައިވާ ސިޔާސަތަކުން ދީފައިވާ އެއްޗެއް ނަމަވެސް، އެ ލިބިފައިވާ މީހަކީ ޝަރުތު ހަމަވާ މީހެއް ނަމަ، އަތުނުލައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ފްލެޓް ލިސްޓްގައި ހުރި ގޯސްތައް

އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު މުއްތަލިބު ވަނީ ކުރީ ސަރުކާރުގެ ލިސްޓްގައި ހުރި ގޯސްތައް ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީންނަށް ވެސް ފްލެޓް ލިބިފައި އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކު ވެސް ލިސްޓްގައި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ވެސް ހިމެނޭ ކަން ފާހަގަ ކުރައްވާ އެ އަދަދުތައް ވެސް ހިއްސާ ކުރެއްވި އެވެ.

* 391 ދެމަފިރީން ފްލެޓް ލިސްޓްގައި ހިމެނޭ

* ގޯއްޗާއި ފްލެޓް އޮތް 302 މީހަކު ހިމެނޭ

* ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު 305 މީހަކު ހިމެނޭ

މީގެ އިތުރުން އޮޅުވާލައިގެން ފްލެޓް ލިސްޓްގައި ނަން ހިމަނާފައިވާ މީހުން ތިބި ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން ކަމަށެވެ. އެހެން ކަމުން ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގޯއްޗާއި ފްލެޓް އޮތް މީހަކަށް އަލުން ފްލެޓް ލިބުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ހަވާ
ހައްގުތައް ނިގުޅައި ގަނެފަ ވާ ލިސްޓް ނެރޭ ކޮންމެ ނީހަކު އެލިސްޓައް އަރާނެ
30 May 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.