ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު
ހަބަރު
30 May 2025 | 15:22
މިއަހަރާއި އަންނަ އަހަރު ސިއްހީ ދާއިރާ ބޮޑުތަނުން ރަނގަޅުވާނެ: ރައީސް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ސިއްހީ ހިދުމަތް ވަރުގަދަ ކުރުން އެއީ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާ މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ، ބޮޑުތަނުން ރަނގަޅު ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތް ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިއްހީ ދާއިރާއަކީ، ދިވެހިންގެ ދުޅަހެޔޮކަމަށާއި، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރާއި، އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ކުރާ، މާލޭ ސިޓީ ސަރަހައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަހައްދަށް ކަމުން ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ހިދުމަތް ދޭން ފެށިފައިވާ ކަމަށާ ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށް ވެސް ރަނގަ ޅުކުރެވިގެންދާނެ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށްބަލާއިރު، ސިއްހީ ދާއިރާގެ ތަރައްގީ އަށްޓަކައި އަދުގެ ސަރުކާރުން ފެއްޓެވި މުހިންމު މަޝްރޫއުތަކެއްގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ހަގީގީ ކުލަޖެހި، އަމަލީ ގޮތުން ރައްޔިތުންނަށް އެކަމުގެ ފައިދާ ވަނީ ކުރަން ފަށާފައި ކަމަށް ވިދާޅުވި އެވެ.

އެގޮތުން، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ގައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ގައުމީ ދިފާއީ ބާރާ އެކަން ހަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި މެއި 25 ވަނަ ދުވަހު، އެތަނުގެ ހިދުމަތްތައް ރަސްމީކޮށް ފެށުން ރައީސް ފާހަގަ ކުރެއްވި އެވެ.

މި ބަދަލާއެކު ޖާގައިގެ ތަނަވަސްކަން ލިބި، ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ލުއިފަސޭހަކަން ވަނީ ލިބިފަ އެވެ. އަލަށް ތަރައްގީ ކުރެވުނު ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެ އެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ޕައިންޓަށް އިތުރުކޮށްފައިވެ އެވެ. މީގެއިތުރުން އިންސާނީ އަދި ފަންނީ ވަސީލަތްތައްވެސް ވަނީ އިތުރު ކޮށްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ އިމަޖެންސީ ހިދުމަތްތަކުގެ ފެންވަރު، ޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބަދަލުކޮށް އެ ހިދުމަތްތައް، މެއި 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައި ދެއްވާަފަ އެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ގާއިމު ކޮށްފައިވެ އެވެ. ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.