ރައީސް މުއިއްޒު އައިޖީއެމްއެޗް ގައި
ހަބަރު
30 May 2025 | 19:18
ހުޅުމާލެ ހޮސްޕިޓަލަށް އާ އިމާރާތެއް، އިތުރު 250 އެނދު

ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ބޮޑު މަޝްރޫއުއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ މުޅި ރާއްޖޭގައި ސިއްހީ ހިދުމަތް ފުޅާކުރެއްވުމަށާއި ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

މިހާރު އެންމެ ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި މިވަގުތު ހުރީ އެވަރުގެ އާބާދީއަކަށް ހިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން މިހާރު ވެސް އެ ހޮސްޕިޓަލްގެ ހިދުމަތް އިތުރަށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަަމަށް ވިދާޅުވި އެވެ.

އެގޮތުން އިމާޖަންސީ ހިދުމަތް ދެވޭނެ އިންތިޒާމު ދެގުނަ އިތުރުކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ޖުލައި މަސް ނިމެންވާއިރަށް ޑައިލިސިސްގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލަށް އިތުރު 24 އެނދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަަލަށް އިތުރު އިމާރާތެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ 250 އެނދުގެ ޖާގަައިގެ އިމާރާތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.