އިމިގުރޭޝަނުގެ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ/ އިމިގްރޭޝަން
ހަބަރު
31 May 2025 | 12:20
މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 25 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ހިނގި އޮޕަރޭޝަނެއްގައި މާލެއިން ގިނަ އަދަދެއްގެ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ ބްރާސްފަތިދުވަހު މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް އިމިގްރޭޝަނުންވަނީ 102 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައެވެ. އިމިގްރޭޝަނުން ބުނީ، ފާސްކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ، ހެންވޭރާއި މާފަންނުގައި ހުންނަ ގެއެއްކަމަށެވެ.

އެގޮތުން ހެންވޭރުގައި ހުރި ގެއިން 7 ބިދޭސީންނާއި މާފަންނުގައި ހުރި ގެއިން 18 ބިދޭސީންނާއިއެކު ޖުމުލަ 25 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. އެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ސައްހަ ލިޔެކިޔުން ނެތުމުގެ ސަބަބުންނެވެ.

ނުގަވައިދުން އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންތަކުގައި ކުރިންދުވަހު ވަނީ ހުޅުމާލެއިންވެސް ބައެއް ތަންތަން ބަލާފާސްކޮށް ނުގަވައިދުން އުޅެމުންދިޔަ ބިދޭސީންގެ ބަޔަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އިމިގްރޭޝަނުން އަންނަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ނުގަވައިދުން އުޅެމުން އަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން މި އޮޕަރޭޝަންތަކުގައި މިހާތަނަށް 5،000 ހާހަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓްކޮށްފައެވެ.

ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ މައްސަލަ ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ. ރާއްޖޭގައި ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ބިދޭސީންގެ ބައޯމެޓްރިކްސް ޑޭޓާތައް ނަގަމުން އަންނައިރު، އެކަމަށް އެއްބާރުލުން ނުދޭ ކުންފުނިތަކުގެ ހިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.