ހުޅުމާލޭގައި ބޯހިޔާވަހިކަމަށް އަޅާފައިވާ އިމާރާތެއް... ފޮޓޯ: ވޮއިސް
ހަބަރު
31 May 2025 | 14:36
18 އަހަރުން މަތީގެ އެންމެނަށް މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: ރައީސް

މިއަހަރު ނިމުމުގެ ކުރިން 18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ލިޔުން ހަވާލުކުރނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުެގ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމެއްނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުނަށް ބޯހިޔާވަހިކަން ފޯރުކޮސްދިނުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއަށް މިއަހަރުގެ ތެރޭގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނޭކަމަށެވެ. ރައީސް ވިދާޅުވީ މިކަމަކީ ސަރުކާރުގެ މުހިއްމު ވައުދެއް ކަމަށާއި، އެ ވައުދު ފުއްދަވާނޭކަމަށެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އަމިއްލަ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހުނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށްގެންދާ އެ މަޝްރޫޢުއަށް ކުރިމަތިލުމަށް ހުޅުވާލައި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮދިނުމުގެ ލިޔުން ހަވާލުކުރާނޭކަމަށެވެ. ލިޔުން ހަވާލުކޮށްދޭއިރު، އެމީހެއްގެ ގޯތި ނުވަތަ ބިން ލިބޭ ތަންވެސް ކަށަވަރުކޮށްދޭނޭކަމަށް ރައީސް ވިދާޅުވިއެވެ

މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މާލެ ސަރަހައްދުގެ އިތުރުން ރަސްމާލެއިންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ނުލިބިތިބި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ އެންމެ މުހިއްމު އެއް ވައުދެވެ. އެ އަމާޒަށް ވާސިލްވުމަށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުންކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ރޯ ހައުސްތައް އިމާރާތްކޮށްދޭނޭ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.