އިރޮއޮއްސުމުގެ ކުރީން ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭނެ: ސްޓެލްކޯ

ދެންމެ އޮތް ނޫަސްވެރީންގެ ބައްދަލްވުމުގައި ސްޓެލްކޯގެ ވެރީން މައުލޫމާތު ދެއްވަނީ

އިރޮއޮއްސުމުގެ ކުރީން ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭނެ ކަމަަށް ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ބުނެފި އެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު 12:30 އެހާއިރު އެވެ. މިއީ މި ފަހުން މިފަދަ ގޮތަކަށް މުޅި ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ދިޔަ ފުރަތަމަ ފަހަރެވެ.

ކަރަންޓް ދިޔަތާ ދެތީން ގަޑިއިރު ފަހުން ހުޅުމާލޭ ފޭސް އެކެއްގެ ބޮޑު ބަޔަކާ މާލޭގެ ބޮޑު ސަރަހައްދަކަށް ވަނީ ކަރަންޓް ދީފަ އެވެ.

ސްޓެލްކޯ އިން ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ބުނީ ކުރިއަށް އޮތް 45 މިނެޓް ތެރޭ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް