ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

ފުލުހުންގެ ކާރެއް- ފޮޓޯ/ ޕޮލިސް

ރޭ ދަންވަރު މާލޭގައި ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މާލޭގެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ރޭގެ 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށެެވެ.

ކޮމެންޓް