ފުލުހުން ނައްތާލާފައިވާ ބައެއް އުޅަނދުތައް: ފޮޓޯ/ ޕޮލިސް
ހަބަރު
02 Jun 2025 | 12:50
ވެރިފަރާތުން ހަވާލުނުވާ 400 އަށްވުރެ ގިނަ އުޅަނދުތައް ނައްތާލައިފި

ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް، ހަލާކުވާން މަގުމައްޗަށް ދޫކޮށްލާފައި ހުރި، 400 އަށްވުރެ ގިނަ އުޅަނދުތައް ނައްތާލައިފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބު، އަލީ ނިޝާން މިއަދު ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިނިސްޓްރީގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ މަގުމަތީގައި ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. އެގޮތުން، ޕާކިންގެ ނިޒާމް ރަނގަޅުކޮށް، މަގުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް، ޓޯވ ކޮށް އެ ނައްތާލައި، ޕާކިންއާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުން ކަމަށް އޭނާ ވިދާޅުވުއެވެ.

ނިޝާން ވިދާޅުވީ، ޕާކިންގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެތަކެއް ދުވަހެއް ވަންދެން އެއްތަނެއްގައި އުޅަނދުގައި ޕާކުކޮށްފައި ބެހެއްޓުން ކަމަށެވެ. އެގޮތުން ބޭނުން ނުކޮށް އެގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކުގެ ސަބަބުން، އާއްމުކޮށް ބޭނުންކުރާ އުޅަނދުތައް ޕާކު ކުރާނެ ޖާގަ ނުހުންނަ ކަމަށެވެ. 

އެހެން ކަމުން، އެފަދައިން ހަނި ގޯޅިތަކާއި ތަންތަނުގައި ޕާކުކޮށްފައި ގިނަ ދުވަސްދެން ބަހައްޓައި ހަލާކުވާން ފަށާފައިވާ އުޅަނދު ތަކުގެ ތެރެއިން އިންޖީނުވެސް ވަކިވެފައިވާ އުޅަނދުތައް ނައްތާލަމުންދާ ކަމަށާ، އަދި އިންޖީނު ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެތަނުން އުޅަނދު ނެގުމަށް 60 ދުވަހުހެ މުއްދަތެއް ދިނުމަށްފަހު ވެރިފަރާތުން ހަވާލު ނުވާނަމަ އުޅަނދު ނައްތާލާ ކަމަަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ފަހުން ރޯދައާ ކައިރިވެފައި ވަނިކޮށްވެސް 446 ވެހިކަލް ވާނީ ނައްތާލާފައި. އަދި މިހާރު ތައްޔާރު ވަނީވެސް މި 500 އެއްހާ ސައިކަލާ 40 ހަތަރު ފޮރޮޅުލީ އުޅަނދު ނައްތާލަން. އެއީ ޓޯކޮށްފައި ބަހައްޓާފައި، ވެރިފަރާތުން ބަލާ ނައިސްގެން ނައްތާލާ ވެހިކަލް. ހުޅުމާލެއިންވެސް އަޅުގަނޑުމެން 280 އަށްވުރެ ގިނަ ވެހިކަލް ނައްތާލެވިފައި ވަނީ

ޢަލީ ނިޝާން

ނިޝާން ވިދާޅުވީ، އެފަދައިން އުޅަނދު ޓޯ ކޮށް ނައްތާލުމުން އަލުން އެ ޖާގައަށް އެފަދަ އެހެން އުޅަނދުތައް ގެނެސް ޕާކުކޮށްފައި ހުންނަ މައްސަލަތައްވެސް ފެންމަތިވަމުންދާ ކަމަށެވެ.

ނިޝާން އިތުރަށް ވިދާޅުވީ، ޕާކިން މައްސަލަ ހައްލު ކުރުމަށް ހުޅުމާލެ 4 ބިމެއް ކަނޑައަޅައި 1200 އެއްހާ އުޅަނދު ޕާކު ކުރާނެ ޖާގަ މި ސަރުކާރު އައި ފަހުންވެސް ހެދިފައިވާ ކަމަށެވެ. އެ ޖާގަ ތަކުގައި ހުސް ޖާގަވެސް ހުންނަ ކަމަށާ، އެފަދައިން ކަން ދިމާވަނީ ޕާކު ކުރާނެ ޖާގަ ހުއްޓައި އެތަނުގައި ޕާކު ނުކޮށް، ޕާކު ކުރުން މަނާ، އެހެނަސް ފަސޭހައިން ޕާކު ކުރެވޭ ތަންތަނުގައި ޕާކު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ޕާކިން މައްސަލަ ހައްލު ވާނީ، ފަރުދީ ޒިންމާވެސް އަދާކޮށް، ޕާކު ކުރާނެ ޖާގައިގައި ޕާކުކުރުމުން ކަމަށް ނިޝާން ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.