އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ވަޒީރު ޣައްސާން މައުމޫން: ފޮޓޯ/ ޑިފެންސް މިނިސްޓްރީ
ހަބަރު
02 Jun 2025 | 15:05
އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާ ކުރަނީ

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް އަސްކަރީ ކަނޑުގެ އުޅަނދެއް ކަމަށްވާ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެެއިން މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. 

އަދި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަދެ އުޅޭ ބޭރުގެ އުޅަނދުތައް ހުއްޓުވުމަށް މަގުފަހިވާނެ ކަމަށެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާއިން ވަނީ ރާއްޖެއަށް މަލްޓި-ބީމް އެކޯ ސައުންޑަރެއް ވެސް ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ. މި ހައިޑްރޮގްރަފިކް އާލާތާއި އެކު ދެވޭ ތަމްރީނުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ތައްޔާރުކުރުމުގެ ޤާބިލުކަން އިތުރުވެ، ކަނޑުގެ ސަލާމަތާއި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު މިހާރު ވަނީ އުފެއްދުމުގެ މަރުހަލާގައެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މި ބޯޓު ނިންމާލެވޭނެ ކަމަށް ބުނެފައިވާއިރު، އޮސްޓްރޭލިއާއިން ވަނީ ރާއްޖެއާ ގުޅިގެން މި ބޯޓު ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް ބުނެފައެވެ.

މިކަމާ ގުޅިގެން، ދިފާއީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫން ވިދާޅުވި ގޮތުގައި، މި ހަދިޔާއަކީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އަދި މި ވަސީލަތްތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށްވެސް ބާރު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.