ބޮޑުޖަމާއަތުގައި އީދު ނަމާދުކުރަނީ.. ފޮޓޯ: އެޗްޑީސީ
ހަބަރު
02 Jun 2025 | 15:02
މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން 4 ތަނެއްގައި

މި އަހަރުގެ އަޟްހާ ޢީދު, ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދުކުރުމަށް ހަމަޖައްސާފައެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިފަހަރުގެ އީދުގައިވެސް އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދުކުރުމަށް ވަކި މިސްކިތްތަކާއި މައިޛާންންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަަރަަހައްދުގައި ޢީދު ނަމާދު ކުރުމަށް ބޮޑު ޖަމާއާތް ހެދުމަށްޓަކައި ހަމަޖައްސާފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ، މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސްޓޭޑިއަމްގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމެވެ.

އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

- މާފަންނު ސްޓޭޑިއަމް

- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

- މަސްޖިދު މަލިކި ސަލްމާން

- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ

- މަސްޖިދުލް ފުރްޤާން

- މަސްޖިދުއް ނޫރު

- މަސްޖިދުއް ޝަހީދު ޢަލީ

- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން

- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް

- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން

- މަސްޖިދު ޞަލާޙުއްދީން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)

- މަސްޖިދު އިސްކަންދަރުވަގުތީ މިސްކިތް (ބޮޑުގެ)

- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން

- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ

- މަސްޖިދު ޢަފީފުއްދީންޒިޔާރަތް މިސްކިތް

- މަސްޖިދުލް ބިއްރި (ވިލިމާލެ)

- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ(ހުޅުމާލެ)

- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)

- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)

- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)

- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)

- މަސްޖިދުއް ސަބީލް (ހުޅުލެ)

- މަސްޖިދުލް އިންތިޞާރު (ހުޅުލެ)  

- މަސްޖިދު އަޞްދިޤާ

- ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)

- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)

- މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)

މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ޢީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫންމަހުގެ 6 އެއްވާ ހުކުރު ދުވަހެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 7 ޖަހާއިރުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.