ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދިނުން --
ހަބަރު
02 Jun 2025 | 20:54
ބޭންކިން ލައިސަންސް ދޫކުރަނީ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ

ރާއްޖޭގައި އޮޕަރޭޓު ކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބެންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން މިހެން ބުނީ ބޭންކިން ލައިސަންސް ދޫކުރުމުގައި އަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން އާންމުންނަށް އޮޅޭ ގޮތަށް އަދި އަދި އޮތޯރިޓީން ހިންގާ ލައިސަންސިން ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ހަބަރު މީޑިއާގައި ފަތުރަމުންދާތީ އެވެ.

އެމްއެމްއޭ އިން ބުނީ ދިވެހިރާއްޖޭގެ ބޭންކިން އާބެހޭ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާ އަކަށް ކަމަށާ އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަރުހަލާ އާއި ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަން ކުރުމުގެ މަރުހަލާ އާއި، ލައިސަންސް ދިނުމުގެ މަރުހަލާ ކަމަށެވެ.

ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަން ކުރުމުގައި ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމަށާ ސޯސް އޮފް ކެޕިޓަލްއަށާ ހިއްސާދާރުންނާއި ސީނިއާ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕާ އަށާއި ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށް ކަމަށް ވެސް ބުންޏެވެ.

މި މަރުހަލާގައި ހުށަހެޅުން ފުރަތަމަ ވަޒަން ކުރާނީ ލައިސަންސިން ސެކްޝަނުން ކަމަށާ މި ސެކްޝަނުން ހުށަހެޅުން ވަޒަން ކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ އެމްއެމްއޭގެ އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިން އަށް ކަމަށް ބުންޏެވެ. އަދި އެ ކޮމިޓީން ހުށަހެޅުން ވަޒަން ކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންނެވެ. 

އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ހުއްދަ އެކެވެ. މީގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒް ކުރުމަށް) މުއްދަތެއް ދިނުމެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސް ކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެ ކަމަށް ބުންޏެވެ.

ބޭންކިން ލައިސަންސްއަކަށް އެދި އެމްއެމްއޭއަށް ހުށަހަޅާ ހުށަހެޅުމަކަށް މި މަރުހަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ކޫލިންގ އޯފް ޕީރިއަޑް އެއް ގާނޫނުން ލާޒިމު ނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައި، މުޅި އިވެލުއޭޝަން މަރުހަލާ އަލުން ހިންގޭނެ ކަމަށާ އަދި ލައިސަންސް ދޫކުރެވޭނީ، އިވެލުއޭޝަންގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަ ހު، ހުށަހެޅުމުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވާ ކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުން ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

މާލީ ދާއިރާ ހަރުދަނާ ކަންމަތީ ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ގާއިމްކުރާކަން ކަށަވަރު ކުރުމަކީ އެމްއެމްއޭ އިން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތު ކަމެއްދޭ ކަންކަން ބުންޏެވެ. އަދި ބުނީ ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެ އޮތޯރިޓީން ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި ޔަގީންކޮށްދޭ ކަމަށެވެ.

ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ކުންފުންޏަކަށް ވަނީ ދީފަ އެވެ. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަަށެވެ.

ބައެއް ނޫސްތަކުން ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ އަށް އެ ހުއްދަ ދިނީ އުސޫލުން ބޭރުން ކަަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ