މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން: ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
03 Jun 2025 | 11:26
މިނިވަން 60 ގެ ލޯގޯ ފަރުމާ ކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިނާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު 2025 ޖޫން 15 ވާ އާދިއްތަ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން ހުށައެޅުމަށް އެ ވުޒާރާއިން ވަނީ އަންގާފައެެވެ.

އެ ލޯގޯއިން ރަމްޒުކޮށްދޭން ޖެހޭ ކަންތައްތަކެއް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. 

އެއީ،

1) އިސްލާމްދީނާއި ދިވެހިބަހާއި ސަގަފާތާއި ތަރިކަތައް

2) ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހި ދައުލަތް މިނިވަންކަމާއެކު ދެމިއޮތްކަން

3) ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު، އެގޮތުގައި ދެމިތިބުމަށް ކުރާ އުންމީދުތައް

4) މިނިވަންކަމުގެ 60 އަހަރު ހޯދި ކުރިއެރުންތަކާއި އުންމީދުކުރާ ކުރިއެރުންތައް

5) ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ގައުމީ ކުލަތަކަށް ވުން (އިތުރު ކުލައެއް ބޭނުންކުރާނަމަ، ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ބޭނުންކުރުން)

6) މުނާސަބަތާ ގުޅޭ އެކި ކަންކަމުގައި، މިސާލަކަށް ބެޖާއި ސްޓިކާގެ ގޮތުގައި ބޭނުންކުރުމަށާއި ބެނާއާއި ޗާޕުކުރާ ލިޔުންތަކާއި ޓީޝާޓު ފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން

7) މީޑިއާގައާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭ ލޯގޯއަކަށްވުން

ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ލޯގޯގެ ކޮލިޓީއާއި ޓެކްނިކަލް ފެންވަރަށް 30 މާކްސް ލިބޭއިރު، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މަސައްކަތްތެރިކަމަށް ލިބެނީ 20 މާކުހެވެ. އަދި ދިވެހިވަންތަކަމަށް ބަލައި، 20 މާކްސް ދޭއިރު، މިނިވަން 60ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ދެނީ 30 މާކުހެވެ.

އެ ވުޒާރާއިން ބުނެފައިވާ ގޮތުން، އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

"މިނިވަން 60" މި ލޯގޯއަކީ މިނިވަންކަމުގެ 60 އަހަރުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރެވޭނެ ލޯގޯއެކެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރު ފާހަގަކުރެވޭ ހުރިހައި ހަރަކާތްތަކެއްގައި މި ލޯގޯ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.