އިލްމުވެރިންގެ ގުޅުމުން ސަގާފަތާ ބެހޭ ވަޒީރާ ބައްދަލުކުރެއްވުން
ހަބަރު
03 Jun 2025 | 19:32
އީދު ފާހަގަކުރުމުގައި ހުރި ކަންބޮޑުވުންތަކާ އެކު އިލްމުވެރިން ސަގާފަތާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފި

އީދު ފާހަގަކުރުމުގައި ހުރި ކަންބޮޑުވުންތަކާ އެކު އިލްމުވެރިންގެ ގުޅުމުން ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއާ ބައްދަލު ކުރައްވައިފި އެވެ.

އިލްމުވެރީންގެ ގުޅުމުން ބުނީ މި ބައްދަލްވުމުގައި މުހިންމު ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އީދު ކުޅިވަރުތައް އިންތިޒާމު ކުރުމާއި ގުޅޭ ކަންކަމާއި، އެކަންކަން ދީނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިލްމުވެރިންގެ ފަރާތުން ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

އިލްމުވެރިންގެ ގުޅުމުން ސަގާފަތާ ބެހޭ ވަޒީރާ ބައްދަލުކުރެއްވުން

މީގެ އިތުރުން ދިވެހި ގައުމިއްޔަތާއި ބަސް ހިމާޔަތްކޮށް އާލާކުރުމަށް އެ ވުޒާރާ އިން ކުރަމުން ގެންދަވާ މަސައްކަތްތަކާއި ދިވެހި ބަސް ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ވެ އެވެ.

އަދި ތަރިކައާއި އާސާރީ ތަކެއްޗާއި ތަންތަން ހިމާޔަތް ކުރުމުގައި ބަލާ މިންގަނޑު ތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އިލްމުވެރީންގެ ގުޅުމުން ބުނެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ބައިވެރިވުމާއެކު އުފައްދާފައިވާ އިލްމުވެރީންގެ ގުޅުމުން ދަނީ ދިވެހީންގެ ދީނީ ހޭލުންތެރިކަމާއި އަދި މުޖްތަމައުގައި ހުރި ދީނާ ބީރައްޓެހި ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ