އެމްޑީޕީ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2025 | 23:17
ފްލެޓް މައްސަލާގައި ދައުވާކުރަނީ، ސިޔާސީ މަގްސަދެއްގައި: އެމްޑީޕީ

އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި އޭރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ އިސްފަރާތްތަކުގެ މައްޗަށް ދައުވާކުރަނީ ސިޔާސީ މަގްސަދެއްގައިކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަމުގެ ތުހުމަތުގައި، އޭސީސީން ވަނީ އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި ހުރި މުޙައްމަދު ޢާރިފް ހިމެނޭހެން 4 މީހަކަށް ދައުވާ ކޮށްދޭން އެދިފައެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކިބަޔަކަށް ނާޖާއިޒް މަންފާ ހޯދައިދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުދައްކައި ދައުވާކުރުމަށް ނިންމީ، ސިޔާސީ މަގްސަދެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އެމްޑީޕީން ބުނީ އެކަން އެހެން އޮތްނަމަވެސް މި ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވަނީ، މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓަށްކަމަށެވެ. މިކަމުން އެނގިގެންދަނީ ދައުލަތުގެ އެކި އިދާރާތައް މެދުވެރިކޮށް ރައްޔިތުންގެ ގިނަ ބައެއްގެ ހައްގު ބޯހިޔާވަހިކަން ސަރުކާރުން ދޮޅުއަހަރުވަންދެން ހިފަހައްޓައިގެން ތިބިކަން ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

މި ބަޔާނުގައި އެމްޑީޕީން ވަނީ އޭސީސީއަށް ވަރަށްބޮޑަށް ފާޑުކިޔައި، އެ އިދާރާއަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަން ތުހުމަތުކޮށްފައެވެ. އެގޮތުން ފްލެޓް ލިސްޓް މައްސަލާގައި އޭސީސީން ކަންތައްތައް ކޮށްފައިވަނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ މުޅިން ހިލާފަށްކަމަށެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓް ހިފެހެއްޓުމުގައި އަމަލުކޮށްފައިވަނީ، ސަރުކާރަށް ފާޑުކިޔާމީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީން ބުނީ ސަރުކާރުން މަސައްކަތްކުރަނީ ފްލެޓްތައް ހަވާލުކުރުން ލަސްކުރަން ކަމަށާއި، ބޭނުމަކީ ކުރިއަށްއޮތް އިންތިހާބުތަކާ ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވުންކަމަށެވެ. 

ފްލެޓް ލިސްޓާ ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ ފުލެޓް ކޮރަަޕްޝަންގެ މައްސަލައިގައި ހޯދާފައިވާ ޤަރީނާއިން ފުލެޓް ބެހުމުގައި ވަކި ބަޔަކަށް ނާޖައިޒް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އެހެންކަމުން، އެމީހުންނަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.