އިނގިރައިދޫ ސްކޫލް ޕީޓީއޭ ހަރަކާތެއްގެ ތެރެއިން... ފޮޓޯ: އިނގުރައިދޫ ސްކޫލް
ހަބަރު
04 Jun 2025 | 08:29
ތަފާތު ރަހަތަކާއެކު އިނގުރައިދޫ ސްކޫލް ޕީޓީއޭގެ ޑިނަރނައިޓް މިރޭ. ޓިކެޓެއް ނަގައިފިން؟

އިނގުރައިދޫ ސްކޫލްގައި މިރޭ ބޭއްވުމަށް ނިންމާފައިވާ "ތަފާތު ރަހަ" ޑިނަރ ނައިޓުގައި 60 ހަށްވުރެ ގިނަ ބާވަތްތަކުގެ ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް އެރަށު ސްކޫލްގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަން (ޕީޓީއޭ) އިން ބުނެފިއެވެ.

އިނގުރައިދޫ ސްކޫލްގެ ޕީޓީއޭއިން ބުނީ، "ތަފާތު ރަހަ" ޑިނަރ ނައިޓަކީ ޕީޓީއޭއިން އަހަރުގެ ތެރޭގައި ބާއްވާ އެންމެ ހާއްސަ އެއް އިވެންޓްކަމަށާއި، މިފަފަހަރުގެ ޑިނަރނައިޓް ވަރަށް ތަފާތުވާނޭ ކަމަށެވެ. އެގޮތުން މިރޭގެ ޑިނަރ ނައިޓްގައި ކާބޯތަކެތީގެ ތަފާތު އެކިއެކި އުފެއްދުންތަކުގެ ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ. މީގެ ތެރޭގައި ސްނެކްސް، ތަފާތު ބާވަތްތަކުގެ ރިހަޔާއި ސަޓަންނާއި ދިވެހި ފަނި ފާހަގަކޮށްލެވެއެވެ. މި ޑިނަރ ނައިޓްގައި ރާއްޖޭގެ ރަހަތަކުގެ އިތުރުން ބައެއް ޤައުމުތަކުން ތައާރަފްވެފައިވާ މަޤޢްބޫލް ކެއުންތައް ލިބޭނެއެވެ.

ޕީޓީއޭއިން ބުނީ ތަފާތު ރަހަ ޑިނަރ ނައިޓްގައި އީދަށް ހާއްސަކޮށްގެން އިނގުރައިދޫގައި އެންމެ ކުރިންސުރެ ތައްޔާރުކުރަމުންގެންދާ ކާބޯތަކެތީގެ ވައްތަރުތައް ލިބެން ހުންނާނޭކަމަށެވެ. މީގެ ތެރޭގައި އުޅާއްޔާއި، ކަށިކެއޮފޯ، މާފުށް، މަދުރޮށީގެ އިތުރުންވެސް އެކި ވައްތަރުތައް ހިމެނެއެވެ.

ޑިނަރ ނައިޓް ޕޯސްޓަރު

ތަފާތުރަހަ ޑިނަރ ނައިޓް ކުރިއަށްދާނީ މިރޭ 20:15 އިން ފެށިގެން 22:15 އަށް އިނގުރައިދޫ ސްކޫލްގައެވެ.

ޑިނަރ ނައިޓްގައި ސްކޫލް ދަރިވަރުންނަށް 10 ރުފިޔާއިން ފެށިގެން 75 ރުފިޔާ އާ ދެމެދުގެ އަގަކަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވައިރު، ޑިނަރ ނައިޓްގެ ހާއްސަ ވީއައިޕީ ޕެކޭޖް ހިމެނޭ ގޯލްޑެން ޓިކެޓްގެ އަގަކީ 5،000 ރުފިޔާއެވެ. މީގެ އިތުރުން ސިލްވަރ ޓިކެޓްގެ އަގެއްގެ ގޮތުގައި 1،000 ރުފިޔާ ކަނޑައެޅިފައިވާއިރު ބްރޯންޒް ޓިކެޓްގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 500 ރުފިޔާއެވެ. ޑިނަރ ނައިޓަށް އާއްމުނަށް ޓިކެޓްގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، 150 ރުފިޔާއެވެ. ޑިނަރ ނައިޓްގެ ޓިކެޓް ނެގުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ޕީޓީއޭއިން ބުނެއެވެ.

އިނގުރައިދޫ ސްކޫލްގެ ނަމުގައި ތައުލީމުދިނުމަށް ސްކޫލެއް ގާއިމްކުރެވުނީ 1983 ވަނަ އަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.