އަލްޖިޔާގައި ބޭއްވުނު އައިއެސްޑީބީގެ ބައްދަލުވުމުގައި މަސްވެރިކަމާބެހޭ ވަޒީރު ވާހަކަދައްކަވަނީ. ފޮޓޯ/ އަޝަރްޤް- އަލް ވަސްތް
ހަބަރު
04 Jun 2025 | 12:20
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢުދީން އެހީވަނީ

ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ)ގެ އެހީ އާއިއެކު ކޯލްޑް ސްޓޯރޭޖް އަދި އެކްސްޕޯޓް އިންފްރާސްޓަރަކްޗަރއަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރީތަށްވަމުން އަންނަކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަލްޖީރިއާގެ ވެރިރަށުގައި ބޭއްވުނު އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ)ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ސައުދީން ރާއްޖޭގެ މަސްވެރިކަމުގެ އިންޑަރސްޓްރީ ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން މަޝްރޫޢުއެއް ފެށުމަށް ނިންމާފައިވާކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ރާއްޖޭގެ ކަނޑުމަހުގެ ވާދަވެރިކަން ރަނގަޅުވެ، ރަނގަޅު ފެންވަރެއްގައި މަހުގެ ބާވަތްތަށް އެކްސްޕޯޓް ކުރުމަށް ފަސޭހަވެގެންދާނޭކަމަށެވެ.

މަޝްރޫޢުއާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުގެ ބޮޑުބައި މިހާރު ނިމިފައިކަމަށާއި ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ކުރިޔަށްދާ ކަމަށް އިތުރަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ހަރުދަނާ ގޮތެއްގައި މަސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމާއި އައިސް ޕްލާންޓްތަށް މަދުވުމުގެ މައްސަލައެވެ. މިކަމުގެ ސަބަބުން ބޭރުގެ މާކެޓްތަކުގައި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ އަގު ދަށްވަމުންދާ ކަމަށް ވެސް ވަޒީރު އިތުރަށް ވިދާޅުވިއެވެ. 

"މިމަޝްރޫގެ އަމަލީ މަސައްކަތް ނިމުމުން ބޭރުގެ މާކެޓްތަކުގެ ހާލަތު ރަނގަޅުވަންދެން މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުވެގެންދާނެ. އަޅުގަންޑުމެން މިމަސައްކަތް ކުރަނީ ސަޢުދީގެ މުއައްސަސާތަކާ، ޚާއްސަކޮށް ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގުޅިގެން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން

ޝިޔާމް ވިދާޅުވިއެވެ

މިބައްދަލުވުމުގައި ވަޒީރު ވަނީ ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާއި ދެޤައުމުގެ އެކުވެރިކަމަށް ވެސް އަލިއަޅުއްވާލާ ވާހަކަދައްކަވާފައެވެ. އެގޮތުން ސައުދީ ސަރުކާރުގެ އެހީގައި މިހާތަނަށްވެސް އެކިއެކި ދާއިރާތައް ކުރިއެރުވުމަށް ގިނަ އެހީތަކެއް ލިބެމުންދާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މަސްރައްކާ ކުރެެވޭ މިންވަރު އިތުރުކޮށް، އައިސްލިބޭނޭ އިންތިޒާމުތައް މަސްވެރިންނަށް ފަހިކޮށްދިނުމަށް ސަރުކާރުން މިހާރުވެސް ވަނީ މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ.

ދިވެހިރާއްޖެ އަކީ ދެމެހެއްޓެނިވި މަސްވެރިކަންކުރާ ގައުމަކަށް ވުމާއިއެކު، މަސްވެރިން މަސް ބާނަން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެގޮތުން މަސްވެރިކަމުގެ މާކެޓް ތަކުގައި ބޭރުގެ ގައުމުތަކާއި ވާދަކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.