ރައީސް ނަޝީދު
ހަބަރު
04 Jun 2025 | 13:21
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި: ރައީސް ނަޝީދު

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން އެބަހުރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި ބީދައިން ވިދާޅުވެފައިވަނީ، މިކަމާ ގުޅޭގޮތުން އެމަނިކުފާނުގެ އަރިސް ފަރާތްތަކާއެކު ހިއްސާކުރެއްވި މެސެޖެއްގައެވެ. އެފަރާތްތަކަށް ކުރެއްވި މި މެސެޖްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިއަސް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

އެގޮތުން އެކަމާ ގުޅޭގޮތުން ހިޔާލުފުޅު ހުރިގޮތް ހިއްސާކުރެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ކުރެއްވި އެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށް ޖަވާބު ދެއްވިނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު އަދި އާއްމުކޮށް އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ. 

ރައީސް ނަޝީދު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ސިޔާސީޕާޓީތައް ބައިވެރިވެގެން ބޭއްވި ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވެ ވަޑައިގެންފައެވެ. ނަމަވެސް ވެރިކަމުގެ ދައުރު ހަމަނުވަނީސް ކުރިމަތިވި ސިޔާސީ ފިއްތުންތަކުގެ ސަބަބުން އެމަނިކުފާނު ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހު މަޤާމުން އިސްތިއުފާދެއްވާފައެވެ.

ކުރިން އެމްޑީޕީގެ ރައީސްކަމުގެ މަގާމު ފުރުއްވި، ރައީސް މުހައްމަދު ނަޝީދު އެޕާޓީ ދޫކޮށްލެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލް ތަފާތުވުމެއްގެ ތެރެއިން 2023 ވަނަ އަހަރުއެވެ. އޭގެ ކުރިން ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވައި ރައީސް ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިހާރު ގިނައިން ހުންނަވަނީ ސިޔާސީ ކަންކަމާއި، ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ. ރައީސް ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ދުރައްޖެހިލައިގެން ހުންނެވިކަން 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ ކަންކަމުން މުޅިން ދުރަށްވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ސައްލި
ވާދަ ކުރެވިދާނެ. ކުރީގެ ރައީސަކަށް އިންތިޚާބު ކާމިޔާބު ވުމަކީ ނާދިރު ކަމެއް. ކޮންމެ ރައީސަކު ވެސް ރައްޔިތުންގެ ދިޔަ ފެލައިގެން ވެރިކަން ކުރަނީ.
04 Jun 2025
ނަން ނޭނގޭ
އެއްގޮތަކަށް ވެސް ކަމުދާ ޚިޔާލެއް ނޫން ތީ
04 Jun 2025
ބަޗީ
ނަޝީދުގެ މުސްތަގުބަލަށް ފަހިކޮށް ވިސްނާނަމަ އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުން. އެއީ ރައްޔިތުންނަށް ވެސް އެންމެ މަންފާ ބޮޑު ގޮތް.
04 Jun 2025
ހަސްނާ
ވަރަށް ދެކެން ބޭނުން ދުވަހެއްތިޔައީ! ނަޝީދު ވެރިކަމަށް ގެންނާކަށް ނޫން. ފުރައްސާރަކުރި ވަހީދު ހަސަން މަނިކަށްވުރެ މަދު ވޯޓުން ނާކާމިޔާބު ވާތަން ފެންނަން އެދޭތީ
04 Jun 2025
ހާއުފާ
ރަނގަޅީ ކުރިމަތި ނުލުން. ތިމާގެ ޢިއްޒަތާ ޤަދަރު ތިމާ ނުހިފަހައްޓާ މިންވަރަކުން ހިފަހައްޓާނެ އަނެކަކު ނުވާނެ.
04 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.