ދިވެހި ޙައްޖާޖީން ބަހުގައި މިނާއަށް ދަނީ. ފޮޓޯ/ ޙައްޖު މިޝަން
ހަބަރު
04 Jun 2025 | 16:16
ޙައްޖުވެރިން މިރޭ އަރަފާތަށް ދިޔުމަށް ފުރާނެ. ޙައްޖުވެރިންގެ ހާލު ރަނގަޅު: ޑރ. ޝަހީމް

ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖާޖީންގެ ހާލު ރަނގަޅުކަމަށާއި މިރޭ އަރަފާތަށް ދިޔުމަށް ޙައްޖާޖީން ފުރާނެކަމަށް އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއިން ޙައްޖަށްދިޔަ 1000 ޙާޖީން މިހާރު ތިބީ މިނާގައިކަމަށެވެ. އެގޮތުން ހައްޖުވެރިން އަރަފާތުބިމަށް ދިޔުމަށް މިރޭގެ ވަގުތެއްގައި ފުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

https://x.com/Mohamedshaheem1

ސައުދީގެ ޙައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ޙައްޖާޖީން މާދަމާ ހެނދުނު 10:00 އަކުން ފެށިގެން ހަވީރު 4:00 އަކާ ހަމައަށް އެ ބަޔަކަށް ހާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

އަރަފާތު ދުވަހުގައި ޙައްޖާޖީން އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އަޅުކަމުގައި މަސްއޫލުވުމުގައި އެތައް ގަޑިއިރެއްވަންދެން ދެމިތިބޭނެއެވެ. ސަބަބަކީ އެދުވަހަކީ ވަރަށް މާތް ދުވަހަކަށްވާތީއެވެ.

ރާއްޖެއިން މިފަހަރު ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖު ކުންފުނީގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މިފަހަރު ހައްޖުވެރިންގެ އިންތިޒާމުތައް މީގެ ކުރީފަހަަރަށްވުރެ ރަނގަޅަށް އިންތިޒާމްވެފައި ހުރިކަމަށް ހައްޖުވެރިން ފާހަގަކުރެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.