ކުޅުދުއްފުށި ކައުންސިލުން ސްކޫލްތަކަށް އެހީ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: ކުޅުދުއްފުށި ކައުންސިލް
ހަބަރު
04 Jun 2025 | 16:46
ކުޅުދުށްފުށީ ސްކޫލްތަކަށް އެރަށު ކައުންސިލުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ކުޅުދުށްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި އަހަރު 'ސްކޫލު ގްރާންޓް' އަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހުރި ކަންކަން ކުރުމަށް ކޮންމެ ސުކޫލަކަށް ޖުމުލަ އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާނެއެވެ. ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެ ކުރިންވެސް މިގޮތަށް ސްކޫލްތަކަށް އެހީދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އެހީ ދޭން ފަށާފައިވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

ކުޅުދުއްފުށީގައި ޖުމުލަ ތިން ސްކޫލު ހިންގައެވެ. އެއީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލާުގެ އިތުރުން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.

ކުޅުދުށްފުށީ ސިޓީ ކައުންސިލުން ބުނީ، އެ ގްރާންޓް ތައާރަފުކުރުމުގެ މަގުސަދަކީ އެސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުން ކަމަށެވެ. އަދި ހަމައެހެންމެ، ސްކޫލްތަކުގެ ޕީޓީއޭއިން ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގްރާންޓް ތައާރަފް ކުރުމުގެ މަގުސަދެއްކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.