އުފެއްދުންތެރިކަމުގެ މައުރަޒު: ބީއެމްއެލް މެދުވެރިކޮށް 3.8 މިލިއަން ރުފިޔާގެ މުއާމަލާތް

އުފެއްދުންތެރިކަމުގެ މައުރަޒު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ގައުމީ ބެންކު -- ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 3.8 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. 

އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމަށް ބީސީސީން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބުނެވެ. މިއީ އެތައް ބަޔަކަށް މާލީ ބޮޑެތި މަންފާތަކެއް ވެސް ލިބުމަށް ފަހިވީ ފުރުސަތަކަށް ވި އެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބެންކު މެދުވެރިކޮށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ހިންގާފައިވާ މުއާމަލާތަތްތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. އެ ގޮތުން ޕީއޯއެސް މެޝިން މެދުވެރިކޮށް 22،929 މުއާމަލާތް ހިންގާފައިވެ އެވެ. ކިއުއާރް ކޯޑު ބޭނުންކޮށްގެން 9،792 މުއާމަލާ ހިންގާފައިވެ އެވެ.

* ޕީއޯއެސް މެޝިން މެދުވެރިކޮށް 2،416،508.27 ރުފިޔާގެ މުއާމަލާތް

* ކިއުއާރް ކޯޑު ބޭނުންކޮށްގެން 1،443،048 ރުފިޔާގެ މުއާމަލާތް

ނުވަ ރޭގެ މަތީން ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މައުރަޒުގައި ބައިވެރި ކުރި ތަކެތި ބޮޑު އަގުގައި ވިކިފައިވާއިރު ކުދި ވިޔަފާރިތަކާއި އާންމު ވިޔަފާރިތަކަށް ވެސް ފުރުސަތު އޮތީ ފަހިކޮށްދީފަ އެވެ.

ކޮމެންޓް