ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވުން
ހަބަރު
05 Jun 2025 | 11:16
ހައްޖު ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި، ދުއާ ކުރެއްވެވީ އެއްބައިވަންތަ ކަމަށް

ހައްޖު ދުވަހުގެ ތަހުނިޔާ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

އެމަނިކުފާާނު ހައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވެވީ ހައްޖުގެ އަޅުކަމަށް އަރަފާތު ބިމުގައި ހުންނަވަ އެވެ. އިހްރާމް ގައި ހުންނަވާ ރައީސް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ މި ބަރަކާތްތެރި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

އަދި ދުއާ ކުރެއްވީ ދިވެހީންނަކީ ހިތްތަކުގައި އެއްބައިވަންތަކަން އޮތް ބައެއް ކަމުގައި ލެއްވުމަށެވެ. އެކުވެރިކަމާއި ބަދަހި ކަން އޮތް މުޖްތަމައުއެއްގެ ގޮތުގައި ދިވެހި މުޖްތަމައު ލެއްވުމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ ބަރަކާތްތެރި މި ހައްޖު ދުވަހުގެ ހެޔޮ ދަރުމައާ ސަވާބު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން," ރައީސްގެ މެސެޖުގައި ދުއާ ކުރެއްވި އެވެ.

މިއަދަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހެވެ. ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީގައި ތިބި އެތައް މިލިއަން މީހުން މިހާރު ވަނީ އަރަފާތު ބިމަށް ޖަމާވެފަ އެވެ. އަރަފާތުގައި ހުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުގައި ނުހުރެވުނު މީހަކަށް ހައްޖެއް ނުވެ އެވެ.

ހައްޖުގެ އަޅުކަމަށް ފުުރުސަތު ނުލިބުނު މީހުންނަށް ވެސް މި ދުވަހުގެ ބަރަކާތް ހާސިލު ކުރެވޭނެ މަގު ތަނަވަސް ވެފައިވެ އެވެ. ހައްޖު ދުވަހު ރޯދައަށް ހުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މާތް ނަބިއްޔާ ވެސް ވަނީ އެކަމަށް އުންމަތަށް އިރުޝާދު ދެއްވާފަ އެވެ. އަދި ދުއާފުޅު ކުރެއްވީ ހައްޖު ދުވަހުގެ ރޯދައިގެ ސަބަބުން ދެ އަހަރުގެ ކުދިފާފަތައް ފުއްސެވުމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.