ކުރީގެ މެންބަރު ނިޔާޒް އަދި ރައީސް ނަޝީދު
ހަބަރު
05 Jun 2025 | 21:34
ނަޝީދު ނިކުންނެވުމާ ނިޔާ ދެކޮޅު؛ ވަރުގަދަ ރައްދެއް ދެއްވައިފި

‏ތިމަންނާ ބޭނުންވީމާ ރޫޅާލާފައި ހަލާކުތެރެއަށް އެންމެން ދޫކޮށްލާފައި ތިމަންނާ ބޭނުންވީމަ ހަމަ އެމީހުން ލައްވާ ރާވަން މަސައްކަތް ކުރެވޭ ނިޒާމް އަކީ ރުހެވޭ އުސޫލެއް ހަމައެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސީ ރޭހަށް ނިކުންނެވުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް (ނިޔާ) ދެކޮޅު ހައްދަވައިފި އެވެ.

ނިޔާ އެކަމަށް ދެކޮޅު ހެއްދެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން އެބަހުރި ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އެކަން ހާމަކުރެއްވީ އެެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނޭހެން އެމަނިކުފާނުގެ ގާތް ސިޔާސީ އެކުވެރީންނަށް ފޮނުއްވެވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ.

އެކަމާމެދު ހިޔާލުފުޅު ހުރިގޮތް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށް ޖަވާބު ދެއްވިނަމަވެސް އެ ބޭފުޅުންގެ އޮތް ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. 

އެ ކަމަށް ނުސީދާކޮށް ރައްދު ދެއްވަމުން ނިޔާ ވަނީ ތިމަންނާ ބޭނުންވީމާ ރޫޅާލާފައި ހަލާކުތެރެއަށް އެންމެން ދޫކޮށްލާފައި ތިމަންނާ ބޭނުންވީމަ ހަމަ އެމީހުން ލައްވާ ރާވަން މަސައްކަތް ކުރެވޭ ނިޒާމް އަކީ ރުހެވޭ އުސޫލެއް ހަމައެއް ނޫން ކަމަށެވެ.

ނިޔާ އެ އިޝާރާތް ކުރައްވަނީ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ލީޑާޝިޕަށް ގޮންޖައްސަވާ އެ ޕާޓީ ރޫޅާލައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.

‏ނިޔާގެ އެ ވާހަކަތަކަށް ނަޝީދުގެ އަރިސް ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ރޫޅާލެވޭނީ އެއްޗެއް ބަލިކަށި ކޮށްލީމާ ކަމަށެވެ.

"ތިބުނާ އެއްޗެއް އަސްލު ބަލިކަށިކޮށް ރޫޅާލީ ވައްކަން ބަލަން އައިސް އެކަން ނުބަލައި އަދީބު ވެސް ދޫކޮށްލި މީހުން. މަރުތައް ބަލަން އައިސް ރނ [ރައީސް ނަޝީދު] މަރާލަން ބޮން ގޮއްވި މައްސަލަވެސް ނުބެލި މީހުން. ރޫޅާލީ މުޅި އެތީގެ ސޫރައާ ތޮބީއަތް ބަދަލުކުރި މީހުން," ރައީސް ސޯލިހަށް ފާޑު ވިދާޅުވަމުން ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް އެ ޕާޓީގައި ވެސް ބޮޑު ވާދައެއް އެބަ އޮތެވެ. ނަޝީދު ވެސް ބޭނުންފުޅު ވަނީ އެމްޑީޕީގެ ޓިކެޓް ކަމަށް ބެލެވެ އެވެ. 2028 ގެ އިންތިހާބަށް އެމްޑީީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީގެ ރައީސް ޝާހިދުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު ޑރ. ޖަމްޝީދު ވެސް ޝައުގުވެރިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.