ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލް
ހަބަރު
06 Jun 2025 | 17:14
ޤައުމުތަކާއެކު ހަމަހަމަ ގޮތެއްގައި ހާރިޖީ ގުޅުންތައް ގެންގުޅެންފެށީ އަދުގެ ސަރުކާރުން: ހަލީލް

އަދުގެ ސަރުކާރުން އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއިއެކު ޤައުމުތަކާއެކު އޮތް ހާރިޖީގުޅުން ބަދަހިކުރުމުގެ ސަބަބުން އެޤައުމުތަކާއެކު ކުރިއަށްވުރެ ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަސްދަރުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކަންދޭންޖެހޭނީ ދިވެހި ޤައުމާއި ރައްޔިތުންނަށް ކަމަށެވެ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ، ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށްކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު ފަލަކޮށް ދަމާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ޤައުމުތަކުން އެހީ ހޯދުމުގައި ފެނިގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދިހަމައެހެންމެ މިނިވަންކަމާއި އިސްތިގުލާލު ހިފެެހެއްޓުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޤައުމުތަކާއިއެކު ގާތްގުޅުމެއް އުފެދި، އެ ޤައުމުތަކުން އެކަން ބަލައިގަންނަމުންދާ ކަމަށާ، ޤައުމުތަކާ ގާތް ގުޅުމެއް އުފެދުމުގެ މައިގަނޑު ސަބަބަކިީ، ޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ހާމަވަގެންދިއުން ކަމަށްވެސް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ މަސްލަހަތު، އެ ޤައުމެއްގެ ރައްޔިތުންގެ މަސްލަހަތު، އެއީ އެންމެ އިސްކުރާނެ ކަންތައްތައް. އެއީ ލިޔެވިފައި ނެތަސް ކަށަވަރުވާނެ ކަމެއް. އެހެންވީމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިވާހަކަތައް މިގޮތަށް ބުނުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މިޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ޤައުމުތަކަށް ދޭހަވެގެންދިއުން

ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޚާރިޖީ ސިޔާސަތު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރަމުން އަންނަނީ މިދައުރުގެ ތެރޭގައިކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކާއިއެކު އޮންނަ ގުޅުންތައް ފުޅާވެ ހަރުދަނާކުރެވިގެން ދިޔުމުގެ އިތުރުން، އޭގެ ފައިދާ ރާއްޖެއަށް ވަމުންދާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޗައިނާ އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދެ ޤައުމަށްވާއިރު އެ ދެ ޤައުމާ ހަމަހަމަކަމާއެކު ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކި ރޮނގުރޮނގުން ކުރިއަށްވުރެ ބޮޑަށް އެޤައުމުތަކުން އެހީތެރިވަމުން ދިއުންކަމަށްވެސް ޚާރިޖީ ވަޒީރު ޑރ ޚަލީލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.