ހައިވޭގައި ދުއްވަމުންދިޔަ ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ބްރިޖު ހައިވޭ-

ހައިވޭގައި ދުއްވަމުންދިޔަ ދެ ސައިކަލުޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނަގާފައިވާ މައްސަލަ ރޭ 22:02 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވަންތިބި މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް