ފިނޭންސް އިމާރާތް
ހަބަރު
08 Jun 2025 | 11:27
ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ހިނގީ ތައުލީމަށާއި އެންސްޕާއަށް

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް އެންމެބޮޑު ހޭދައެއް ހިނގާފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީ އަށާއި އެންސްޕާއަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުން، ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް އެންމެބޮޑު ހޭދައެއްކުރި މިނިސްޓްރީއަކީ އެޑިއުކޭޝަނެވެ. ހުސްވި މެއިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް މިހާތަނަށް 1.54 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއި މިދިޔަ އަހަރާ އަޅާބަލާއިރު، 32.3 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހަރަދުތަކަށް 1.57 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

އެޑިއުކޭޝަންގެ އިތުރުން ދައުލަތުގެ ބަޖެޓުން ދެން އެންމެބޮޑު ހޭދައެއްކުރީ އެންސްޕާއަށެވެ. އަހަރުގެ މިހާތަނަށް އެންސްޕާއަށް 1.39 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރު މި އަދަދު އުޅެނީ 1.15 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ބަޖެޓުން އެންސްޕާގެ ހަރަދުތައްކުރުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

އެންސްޕާގެ ހަރަދުތަކަށް ބަލާއިރު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެހީއަށް އެދޭ ފަރާތްތަކަށް ބޮޑު ހޭދައެއް ހިނގާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސްތަކާއި އެހީތަކަށް މިހާރު ވަރަށްބޮޑު ހޭދައެއް ހިނގަމުން އަންނަކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން އެންމެބޮޑު ހޭދައެއް ކުރަންޖެހޭ އެ ދާއިރާއަކީ ތެރަޕިއުޓިކް ފަރުވާއަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރެއިން ނަފްސާނީ އަދި ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 14،00 އަށްވުރެ ގިނައެވެ. 

މިއަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.