އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ތިން ރަން މެޑަލް ހާސިލްކުރި ލައިބާ --
ހަބަރު
08 Jun 2025 | 19:55
ލައިބާ ހޯދި ކާމިޔާބަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް: ރައީސް

އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ތިން ރަން މެޑަލް ހާސިލްކުރި ލައިބާ އަހްމަދު މަހްލޫފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލައިބާގެ ކާމިޔާބީ ފާހަގަ ކުރައްވާ ސާބަހާއި މަރްހްބާ ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ ލައިބާ ވަނީ ތިން ރަން މެޑަލް ހާސިލް ކޮށްފައި --

އެމަނިކުފާނު ވިދާޅުވީ މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް," ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

ދިވެހި ކުޅުންތެރީންގެ ތެރެއިން 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ ލައިބާ އަކީ ކުޅިވަރުގައި ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރި އެކެވެ.

އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ ލައިބާ ވަނީ ތިން ރަން މެޑަލް ހާސިލް ކޮށްފައި --

ލައިބާގެ މި ކާމިޔާބީގައި އޭނާގެ ބައްޕަ, ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި މަންމަ, ނަޒްރާ ނަސީމްގެ ބައިވެރިވުމާއި ހިތްވަރު ވަރަށް ބޮޑެވެ.

އެންމެ ކުޑައިރުން ފެށިގެން ލައިބާ މިހާރު ހުރި ހިސާބަށް ގެނައުމަށް އެ ދެމަފިރީން ކޮށްފައިވަނީ ނަމޫނާ މަސައްކަތްތަކެކެވެ. ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ފުރިހަމަ ޓްރެއިން ދިނުމާއި އެކި މުބާރާތަކުގައި ބައިވެރިކޮށް ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ލައިބާގެ ކޮންމެ މުބާރާތަކަށް އެދެމަފިރީންގެ ތެރެއިން އެކަކު ގޮސް ހިތްވަރު ދިނުމުގައި އަބަދުވެސް ދެމި ތިބެ އެވެ.

ލައިބާ އަކީ އެ ނޫން ދާއިރާތަކުގައި ވެސް ހުނަރުވެރި ކުއްޖެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ