ޝެއިހް ފަރީދު (ވ) އަބޯ (ކ) ބައްޕަގެ ކުއްލި ވަކިވުމުން ލިބުނީ ބޮޑު ހިތާމައެއް
ހަބަރު
10 Jun 2025 | 12:51
"ބައްޕަގެ ހެޔޮ ޒިކުރާ މި ދުލަކުން ނުފިލާނެ، ގިނައިން ބުނެވިފައި ނެތަސް އިންތިހާއަށް ލޯބިވޭ"

ފަޟީލަތުއް ޝައިޚް އިބްރާހީމް ފަަރީދު އަހްމަދު ކުއްލި ގޮތަކަށް ވަކިވެދިޔައީ އެވެ. އެއީ ރާއްޖޭގެ ދައުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. ދެރަ އެކެވެ. 

ޝެއިހްގެ ކުއްލި ވަކިވުމާއެކު އެންމެ ބޮޑު ހިތާމައެއް ލިބިފައިވަނީ އާއިލާއަށެވެ. ހާއްސަކޮށް ޝޭހުގެ ކުދީންނަށެވެ. ޝެއިހްގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) ވަނީ އޭނާގެ ބައްޕަގެ ކުއްލި ވަކިވެ ދިއުމުން ލިބިފައިވާ ފުން ހިތާމަ ހިއްސާކޮށް ސްޓޭޓަސްއެއް ލިޔެފަ އެވެ.

އަބޯ ބުނި ގޮތުގައި ބައްޕަ އަކީ އޭނާގެ ފުރަތަމަ އެދުރެވެ. ދިރިއުޅުމުގެ ހަގީގީ މާނައަކީ ކޮބައިކަން އުނގަންނައި ދިން ‏މުދައްރިސެވެ.

"މިއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަހެވެ. ބައްޕައާއެކު ހޭދަ ކުރެވުނު ކޮންމެ ހިނދުކޮޅެއް ކުއްލި އަކަށް ސިކުނޑި ފުރާލި ކަހަލަ އެވެ. މި ދުނިޔެއާއި އަލްވަދާޢު ކީ ޚަބަރާއެކު ހިތް ޗިސް ޗިސް ވި ކަހަލަ އެވެ,"

ނަމަވެސް އަބޯ ބުނި ގޮތުގައި ( كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ ) ގެ މާނަ ވެސް ފަހުމް ކޮށްދެއްވީ ވެސް އޭނާގެ ބައްޕައެވެ. އެހެން ކަމުން ފުރާނަ ވަކިވެ ދިއައަސް ބައްޕަގެ ހެޔޮ ޒިކުރާ ދުލަކުން ހަމަ ގައިމު ނުފިލާނެ އެވެ.

"ބައްޕަގެ ފާފަ ފުއްސަވާ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށް އެދި ދުޢާ ކުރަމެވެ. ގިނައިން ބުނެވިފައި ނެތް ނަމަވެސް، ބައްޕަ ދެކެ އިންތިހާ އަށް ލޯބި ވަމެވެ. ސޫރަ ފަނޑުވެ ދިއައަސް، ބައްޕަ އަށް މި ހިތުގައި ވާ ޤަދަރު ހަމަ ގައިމު ފަނޑު ނުވާނެއެވެ," ބައްޕައާމެދު އޮތް ޝުއޫރު ހާމަކޮށް އަބޯ ލިޔެފައިވެ އެވެ.

ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ތައުޒިޔާ ކިޔަމުންނެވެ. ޝެއިހަށް ހެޔޮ ރަހްމަތަށް އެދި ދުއާ ކުރަމުންނެވެ. މުޅި ސޯޝަލް މީޑިއާ އިން ފެންނަނީ ދިވެހިންގެ ހިތްތަކުގައި ޝެއިހް ފަރީދަށް އޮތް ވަރުގަދަ ލޯތްބެވެ.

ކޮމެންޓް
ދިރާސާ
كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ. ޔާ الله ޝޭޚަށް ހެޔޮ ސަވާބު ލަވާށިއެވެ.
10 Jun 2025
އަފީފް
ގެއްލިގެން އެދިޔައީ ހެޔޮލަފާ ނަސޭހަތްތެރި އެދުރެއް. ޝެއިޚަށް ސުވަރުގެއިން މަތިވެރި ދަރަޖަ މިންވަރު ކުރައްވާށި. އާމީން. كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ.
10 Jun 2025
މުންނާރު
ޝެއިޚް ފަރީދުގެ ފުރާނަޔަށް ﷲ ގެ ބެޔޮރަޙްމަތް މިނަވަރު ކުރަށްވައި ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރަށްވާށި.އާމީން
10 Jun 2025
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ