ރިޕޯޓް
25 May 2019 | 13:38
ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޭން ރާއްޖެ ދެކޮޅު ހެދީ ކީއްވެ؟

ޗާގޯސް އައިލޭންޑް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ރޭ ނެގުނު ވޯޓުގައި ރާއްޖެއިން ދިން ވޯޓާއި މެދު ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. ޗާގޯސްގެ ރަށްތައް އިނގިރޭސީންގެ އަތުން ނަގައި، މޮރިޝަސްއަށް ދިނުމަށް ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ދިވެހިރާއްޖެ ފިޔަވައި މިކަމުގައި ސީދާ މަސްލަހަތު ހިމެނޭ އެމެރިކާއާއި އިނގިރޭސި ވިލާތުންވެސް ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.

ދިވެހިންނާއި މާބޮޑު ތާރީޚީ ގުޅުމެއް ނެތަސް ކައިރީގައިވާ މި ރަށްތަކުގެ ވަޒަންވެރިންގެ ގޮތުގައި ތިބި ފަރާތްތަކަކީ މިހާރު މޮރިޝަސްއާއި ސީޝެލްްސްގެ ރަށްވެހިންނެވެ. މޮރިޝަސްގެ ބާރުގެ ދަށުގައި ކުރިން މި ރަށްތައް އޮތްއިރު، އިނގިރޭސި ސަރުކާރުންވަނީ ތިން މިލިޔަން ޕައުންޑަށް ގަނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސީންގެ ކުރިން ރީޔޫނިއަން އަދި މޮރިޝަސްގައި ވަަޒަންވެރިވި ފަރަންސޭސީންވެސް ވަނީ ފޯޅަވަހީގެ މިލްކުވެރިކަން ހޯދާފައެވެ. 1816 ވަނަ އަަހަރުގެ ތެރޭގައި އިނގިރޭސީންގެ އަތުން ފްރާންސްގެ ނަޕޯލިއަން ބަލިވުމާއި އެކު، ފޯޅަވަހީގެ ރަށްތައް އިނގިރޭސީންގެ އަތްދަށަށް ދިޔައެވެ. އިނގިރޭސީންގެ އަތްދަށުގައި އޮަތަސް އެތަން ބެލެހެއްޓުމުގެ ކަންކަން ކުރަމުންދިޔައީ އެފަރާތުން އިސްތިއުމާރު ކޮށްފައިވާ މޮރިޝަސް އިންނެވެ.

މޮރިޝަސްއަށް މިިނިވަން ދައުލަތެއްގެ ޝަރަފުވެރިކަން ލިބުނީ އެފަރާތުގެ ބާރުގެ ދަށުން ފޯޅަވަހީގެ ރަށްތައް އިނގިރޭސީންނަށް ވިއްކާލުމުގެ ހަދިޔާއެއްގެ ގޮތުގައިކަމަށް އޭރުގެ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެއަށްފަހު މޮރިޝަސްއާއި އެރަށުގެ ރަށްވެހިން ވަނީ އެމީހުންގެ އަތުން އެރަށް ނަގައި، އެމީހުން އެތަނުން ބޭރުކުރީ އޮޅުވާލުމެއްގެ ތެރެއިން ގަދަކަމުންކަމަށް ބުނެ ވަކާލާތުކުރަން ފަށާފައެވެ. މިގޮތުން އެފަރާތްތަކުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ވަނީ މައްސަލައެއް ހުށައަޅައި، އެމެރިކާގެ މިލިޓަރީ ބޭސް އެޅުމަށް އެރަށްތައް ހުސްކުރީ އދ.ގެ ޗާޓަރގައި ހިމެނޭ ރިޒޮލިއުޝަން ނަންބަރ 1514 އާއި ޚިލާފަށްކަަމަށް ބުނެ އެގައުމަށް ފޯޅަވަހި އަނބުރާ ދިނުމަށް އަމަލުކުރަން މަޖުބޫރުނޫން ހުކުމެއް ހޯދާފައެވެ.

މޮރިޝަސްގެ ވާހަކަ މުޅީން ދޮގެއްވެސް ނޫނެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި މިނިވަންކަމުގެ ހިޔާވަހިކަމަށް އެގައުމުން އެދެމުންދިޔަ ދަނޑިވަޅުގައި އިނގިރޭސި ސަރުކާރުން ކުރި "ޝަރުތަށް" ބޯލަނބަން ޖެހުމަކީ އެގައުމުގެ މަޖުބޫރީ ހާާލަތުކަމަށްވެސް ވެދާާނެއެވެ. މިފަދަ ކޮންމެ މައްސަަލައެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ވެފައިވަނީ މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރުމެވެ.

ދިވެހިރާއްޖެއާއި ފޯޅަވަހީގެ ރަށްތަކަކީ ގާތުގައި ވީކަމުގައިިވިޔަސް، ތާރީޚީ އެއްވެސް މުހިންމު ގުޅުމެއް އޮތް ރަށެއް ނޫންކަން ފާހަގަކޮށްލެެވެއެވެ. މިދެންނެވީ، އެއްވެސް ޒަމާނެއްގައި އެރަށުގައި ދިވެހިންގެ ބަޔަކު ވަޒަންވެރިވެ އުޅުނުކަން ތާރީޚުގެ ސަފްހާތަކުން އެނގެން ނެތްކަމެވެ. ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބޮޑުކުރުމަށް ކުރި މަސައްކަތަށް މޮރިޝަސްއިން ދެކޮޅުހެދިއެވެ. ނުގަބޫލުގައި ނަމަވެސް ފޯޅަވަހީގެ ރަށްތަކުގެ މައްސަލައިގެ އޮއެވަރުގެ ތެރެއަށް ދިވެހިރާއްޖެ ދަމައިގަތެވެ.

އޭރު މޮރިޝަސް އިން ބުނެފައިވަނީ ރާއްޖޭން އިތުުރުކުރަން އެދޭ ކޮންޓިނެންޓަލް ޝެލްފް ސަރަހައްދުގައި ފޯޅަވަހީގެ އީއީޒެޑް ފާހަގަކޮށްފައި ނުވާކަމަށެވެ. އަދި ރާއްޖެއިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށްބުނެ އެ މައްސަލައިގައި މަޝްވަރާ ކުރުމަށްފަހު އެއްބަސްވުމަކަށް އައުމަށް ގޮވާލިއެވެ. މި މަޝްވަރާތައް އެއްވެސް ވަރަަކަށް ކުރިއަށްދިޔަކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި މައްސަލަ އަވަސްކުރުމާއި މެދު ދިވެހި ޚާރިޖިއްޔާއިން އެއްވެސް މަސައްކަތެއް ކުރިތޯ ކަށަވަރުވާގޮތް ވަނީ ނުވެފައެވެ.

ރޭގެ ވޯޓާއި ގުޅިގެން އިސްތިއުމާރީ ބާރުތަކުގެ ހިތް ރުއްސަން ރާއްޖެއިން ވޯޓުދޭ ކަމަށްބުނެ ގިނަ ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. މި ފަރާތްތަކަށް ރައްދު ދެމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ވޯޓަކީ ރާއްޖެއިން މޮރިޝަސް ނުވަތަ އެހެން ޤައުމަކާއި ދެކޮޅަށް، ނުވަތަ އެމެރިކާއާއި އިނގިރޭސިވިލާތާއި އެއްކޮޅަށް ދިން ވޯޓެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ދިން ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ޤާނޫނުންނާއި އަޅުގަނޑުމެންގެ ޤާނޫނުތަކުން ލިބިދޭ ސަރަހައްދުގެ އަޅުގަނޑުމެންނަށް ލިބޭކަން ކަށަވަރުކުރުމަށް ދިން ވޯޓެއް. އދގެ އާއްމު މަޖިލީހުގައިވެސް އަދި އެހެން ޕްލެޓްފޯމެއްގައިވެސް ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސަރުކާރުން ވޯޓެއް ނުދޭނެ" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފޯޅަވަހީގެ ރަށްތައް މޮރިޝަސްގެ ބާރުގެ ދަށަށް ގޮަސްފިނަމަ، ބައިނަލްއަގްވާާމީ ގާނޫނުތަކުގެ ތެރެއިން ކޮންމެ ގައުމަކަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއިން ރާއްޖެ އަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއަށް މޮރިޝަސްގެ އީއީޒެޑް ވަދެ، ފުށުއެރުންތަކެއް އަރާނެއެވެ. ބެލެވޭ ގޮތުގައި ނޮން ބައިންޑިންްގް ވޯޓެއްކަމުގައިވިޔަސް، ރާއްޖެއިން މޮރިޝަސްއަށް ފޯޅަވަހި ދިނުމާއި ދެކޮޅަށް ވޯޓުދިނީ މިހެންވެގެންނެވެ.

ކޮންމެގޮތަކަށް ވިޔަސް، ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ދިން ވޯޓުގެ ފަހަތުގައި ހިކުމަތެއްވެސް އެބައޮތެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ބެލުން އަވަސްކޮށް، މަޝްވަރާގެ މޭޒަށް ދެގައުމުން ނައީ ކީއްވެތޯވެސް ސުވާލުއުފެދެއެވެ. ދެ ގައުމުންވެސް އެ މައްސަލަ ވަގުތީ ގޮތުން ހަނދާން ނައްތާލީ ބާާވައެވެ؟ ނޫނީ އިނގިރޭސީންގެ ފަހަތުން އެ މައްސަލައަށް ވާގޮތް ބަަލަން ނިމިދިޔަ ހުރިހާ ދިވެހި ސަރުކާރަކަށް އޮވެވުނީ ބާވައެވެ؟

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.