ޝެއިހް ފަރީދު
ހަބަރު
10 Jun 2025 | 18:37
ޝެއިހް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު

އިއްޔެ ކުއްލި ގޮތަކަށް ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ޝެއިހް ނިޔާވި އިއްޔެ މެލޭޝިޔާއަށް ވަޑައިގެންނެވި ތަނުން އެއާޕޯޓްގަ އެވެ. އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ޝެއިހްގެ ހަަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މެލޭޝިޔާގެ އުސޫލުަ އޮންނަ ގޮތުން ނިޔާވެފައިވާ މީހަކު ގެނެވެނީ ޕޯސްޓްމޯޓަމް ހަދައިގެންނެވެ.

އެހެން ކަމުން ޝެއިހްގެ އާއިލާ އިން ނިންމީ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދާށެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ ޝެއިހް ފަރީދުގެ ޖަނާޒާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަނާޒާ އޮތީ މެންދުރު ނަމާދަށް ފަހު އެވެ. ޖަނާޒާ އޮންނާނީ ރާޖާ ހާޖީ ފީސަބީލީﷲ މިސްޖިދު ގަ އެވެ. ވަޅުލަން ހަމަޖެހިފައި ވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަޤީގަ އެވެ.

ޝެއިހް ނިޔާވީ އުމުރުން 53 އަހަރުގަ އެވެ. ޝެއިހަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރީންގެ ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.