ހުޅުމާލޭ ހުންނަ ހާފްވޭ ހައުސް-
ހަބަރު
11 Jun 2025 | 12:01
މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދިޔަ ދެމީހަކު މަސްތުވެގެން ތިއްބާ ހައްޔަރުކޮށްފި

މަސްތުން ސަލާމަތްވުމަށް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުގެ ހާލަތުގައި ތިއްބާ އެތަނުގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ/ވިދާތަރި، އިކުލީލް އިބްރާހިމް (42އ) ، އަދި އދ. މަހިބަދޫ/ރެޑްރޯސް އަބްދުالله ޝާފިއު (33އ) އެވެ. 

މި ދެ މީހުންގެ ބަންދު އަމުރުގައިވާގޮތުން، އެމީހުން ހައްޔަރު ކުރެވުނީ ހުޅުމާލޭ ހާފްވޭ ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މި ދެ މީހުން ޢަމަލުތައް ހުރި ގޮތުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ޝައްކުވެގެން ކަމަށެވެ. އެގޮތުން އެ ދެ މީހުންނަށް އޭރު ރަނގަޅަށް އިށީނދެގެން ނުތިބެވޭ ކަމަށާ، އިށީނދެ އިންނައިރުވެސް މީހާގެ ގައިގައި ވަރުނެތި އަރިއަރިއަށް ވެއްޓޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ދެމީހުން ބަލައި ފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ނުފެނު ނަމަވެސް، އެމީހުން މަސްތުވެގެން ތިބި ކަމަށް ޝައްކުކުރެވޭތީ ހައްޔަރުކޮށް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިކުލީލް ވަނީ އޯޕީއައި، ބެންޒޯ އަށް ޕޮޒިޓިވް ވެފައިވާއިރު، އަބްދުالله ޝަފީޢު އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.

މި ދެ މީހުން ވެސް ކޯޓުގައި ވަނީ އެމީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް އެއްބަސްވެފައެވެ. އަދި އެ މީހުންނަކީ އެކަމުން ސަލާމަތްވާން ފަރުވާ ހޯދަމުން އަންނަ ބައެއް ކަމަށާ، ޕޮޒިޓިވް ވެފައިވަނީ، ފަރުވާއަށް ބޭނުންކުރާ ބޭސް ބޭނުން ކުރުމުން ކަމަށް އެމީހުން ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ. 

އެގޮތުން އަބްދުالله ބުނެފައިވާ ގޮތުން، އޭނާ ކޮންޓްރޯލްޑް ޑްރަގްސް ބޭނުންކުރާ ކަމުގެ ލިޔުން ވެސް އޮންނާނެއެވެ. އަދި އެ ބޭނުން ކުރުމުންވެސް ރަނގަޅަށް ކޮޅަށް ނުހުރެވޭ ކަމަށް އޭނާ ބުނެފައިވެއެވެ. 

މީނާ އަކީ މީގެ ކުރިން 42 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ބަންދު އަމުރުން އެނގޭއިރު، އޭގެތެރެއިން ގިނައީ މަސްތުވާތަކެތީ ބޭނުންކުރުމުގެ މައްސަލަތައް ކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން، މައްސަލާގައި ހައްޔަރު ކުރި، އިކުލީލު މީގެ ކުރިން، 27 ފަހަރަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ބުނީ އޭނާ އަކީ "ސައިކޭޓްރިސްޓް ބޭސް ކާ މީހެއް" ކަމަށެވެ. އަދި ކާ ހާފްވޭ ހައުސްގައި މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށާއި އެއީ ޑްރަގް އެންފޯސްމަންޓުގެ ބޭފުޅުން 24 ގަޑިއިރު ބަލަހައްޓާ އަދި ވަށައިގެން ކެމެރާ ހަރުކޮށްފައިވާ ތަނަކަށް ވާތީ އެކަހަކަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް އިކުލީލް ބުނެފައިވެ އެވެ.

މި ދެ މީހުން ހާފްވޭ ހައުސްގައި ޑްރަގްސް ބޭނުން ނުކުރާ ކަމަށް ބުނި ނަމަވެސް، ފުލުހުން ކޯޓުގައި ބުނީ އެމީހުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރެވިގެން، މައްސަލަ ހުށަހެޅީ ވެސް ހާފްވޭ ހައުސް ބަލަހައްޓާ އެންޑީއޭ އިން ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ މި ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރައްވައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.