ޝެއިޚް ފަރީދު-
ހަބަރު
11 Jun 2025 | 12:42
ޝެއިޚް ފަރީދުގެ ހަނދާނުގައި ބިނާ ކުރާ މިސްކިތަށް ބޭނުންވާ 7 ލައްކަ، މަދުގަޑިއިރުތަކެއްގެ ތެރޭ ހަމަވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝެއިޚް އިބްރާހީމް ފަރީދު އަޙުމަދުގެ ހަނދާނުގައި ބިނާ ކުރާ މިސްކިތަށް ބޭނުންވާ 7 ލައްކަ ރުފިޔާ، 24 ގަޑިއިރު ހަމަނުވަނީސް ހަމަވެއްޖެއެވެ. 

ޝެއިހް ފަރީދު ނިޔާވީ މިމަހު ނުވަވަނަ ދުވަހު މެލޭޝިޔާއަށް ވަޑައިގެންނެވިތާ މާ ގިނައިރެއް ނުވެ އެއާޕޯޓްގަ އެވެ.

ޝައިޚް ފަރީދުގެ އިސްލާމްދީނަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް ޝެއިޚަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރުމަށްޓަކައި، ޚިދުމަތް ޖަމިއްޔާއިން އިއްޔެ ވަނީ ޝެއިޚްގެ ނަމުގައި މިސްކިތެއް ބިނާ ކުރުމަށް ނިންމާފައެވެ.

ބަންގްލަދޭޝްގައި ބިނާ ކުރާ މި މިސްކިތް ބިނާކުރަން ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަަށް އެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރުވެސް ހަމަ ނުވަނީސް، ބޭނުންވާ އަދަދަށް ފައިސާ ހަމަވެފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން މިއަދު ވަނީ ބުނެފައެވެ. 

455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމަށް ބޭނުންވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވަނީ 760،000 ރުފިޔާއެވެ. 

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު، މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިالله މަސްޖިދުގަ އެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ ޝެއިޚް ފަރީދުގެ ކޮއްކޮ އަދި އައްޝައިޚް އަލީ ޒައިދެވެ.

ޝެއިހް ނިޔާވީ އުމުރުން 53 އަހަރުގަ އެވެ. ޝެއިހަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރީންގެ ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ