ޙައްޖުވެރިން މަދީނާއަށް ފުރަނީ. ފޮޓޯ/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ހަބަރު
11 Jun 2025 | 14:38
ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގައި މަދީނާއަށް

ޙައްޖުގެ އެންމެހާ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހުގައި ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގައި މަދީނާއަށް ދިއުމަށް ދަތުރު ފަށައިފިއެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހައިސްޕީޑް ރޭލުގައި މަދީނާއަށް ދިއުމަށް ފުރިއިރު، މިއީ ހައްޖު ދަތުރުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ދިއުމަށް ހައިސްޕީޑް ރޭލް ބޭނުންކުރި ފުރަތަމަ ފަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ ދިވެހި ޙައްޖުވެރިން މީގެ ކުރިން މައްކާއިން މަދީނާއަށް ދަތުރުކުރަމުން އައިސްފައިވަނީ ބަހުގައިކަމަށެވެ. އެގޮތުން ބަހުގައި ކުރާ މިދަތުރަށް ހަ ގަޑިއިރާ އަށް ގަޑިއިރާ ދެމެދުގެ ވަގުތު ހޭދަވެއެވެ. އެހެންނަމަވެސް ހައި ސްޕީޑު ރޭލުގައި ދަތުރުކުރަން ފެށުމުގެ ސަބަބުން މިހާރު އެ ދަތުރު ދެ ގަޑިއިރަށް ކުރުވެގެންދާނޭކަމަށް ރައްޖޭގެ ހައްޖު މިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ބަދަލަކީ ދިވެހި ޙައްޖުވެރިންގެ ޙައްޖުގެ ކަންކަން ލުއިފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ދިވެހި ޙައްޖުވެރިން މަދީނާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ޖުމުލަ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ, މި މަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހެވެ. ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަމަށް ގޮސްފައިވަނީ 1000 މީހުންނެވެ.

ސަރުކާރުން މިފަހަރު ވަނީ ހައްޖުވެރިންނަށް ލުއިފަސޭހަވާނޭހެން ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިއަހަރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ހިދުމަތް ރާއްޖެއަށް ލިބުމެވެ. މީގެ އިތުރުން މިނާގެ ފޭލިގެތަކުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއްވެސް މިފަހަރު ވަނީ ގާއިމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.