ސޯޝަލް މިނިސްޓްރީއިން އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން... ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ
ހަބަރު
13 May 2025 | 16:04
އާއިލާއާ ބެހޭ ވުޒާރާ އާއި އިސްރަށްވެހިން އަދި ގާލް ގަައިޑުން، ދާނުގައި ތިބޭ މީހުން ގާތަށް

ސޯޝަލް މިނިސްޓްރީއިން އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު ދާނުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އާއިލާއާ ބެހޭ ވުޒާރާއިން ބުނީ، މިއީ 'ބެޑްރިޑަން ޕްރޮގްރާމް' ގެ ދަށުން ކުރިއަށްގެންދިޔަ ޒިޔާރަތެއް ކަމަށެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' އަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

އާ ބަދަލުތަކާއެކު މިއަދު ފަށައިގަތް 'ބެޑްރިޑަން ޕްރޮގްރާމް' ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން ވޮލަންޓިއަރކޮށް ގެތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިގެން، އެ މީހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ގެތަކަށް ޒިޔާރަތްކުރާއިރު މުޢާމަލާތުކުރަންވީ ގޮތުގެ ފުރިހަމަ ތަމްރީނު ވަނީ ދެވިފައެވެ. އަދި އެމީހުންނާއެކު ގާލް ގައިޑްގެ ކުދިންވެސް ބައިވެރިވާނެއެވެ.

އެގޮތުން މި ޕްރޮގްރާމުގައި ވޮލަންޓިއަރުންގެ ގޮތުގައި ގެތަކަށް ޒިޔާރަތްކުރާ މީހުން ޓީމުތަކަށް ބަހާލައިގެން ދާނުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، މަހަކު އެއްފަހަރު މަދުވެގެން ޓީމުތަކުން ގެތަކަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ އިސްރަށްވެހިންނާއި ޢާއިލާތަކުގެ ޙާލު ބަލާނެއެވެ.

ސޯޝަލް މިނިސްޓްރީއިން އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން... ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

ހަމައެއާއެކު، އެ މީހުންނާއެކު ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭ މަޝްވަރާތައްކޮށް، އެ ވަސީލަތްތައް ޒިޔާރަތްތަކުގެ ތެރެއިން ފަހިކޮށްދޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްރަށްވެހިންގެ ތެރެއިން އެކި ސަބަބުތަކާހުރެ ދާންމަތިވެފައިވާ ފަރާތްތަކަކީވެސް ޝާމިލުވާ، އަބުރުވެރިކަމާއެކު އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ އޯގާތެރި މުޖުތަމަޢެއްގެ މުހިންމު ސިފައެކެވެ.

ސޯޝަލް މިނިސްޓްރީއިން އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން... ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު މިނިސްޓްރީއިން މިފަދަ ޕްރޮގްރާމެއެއް ފަށައިގަތުމުގެ މައިގަނޑު މަޤްޞަދަކީ ދާންމަތިވެފައިވާ އިސްރަށްވެހިންނާއި، އެ ފަރާތްތައް ބަލަހައްޓާ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި އެ ޢާއިލާ ތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ.

މިކަމުގެ ސަބަބުން، މުޖުތަމަޢުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިކަމާއެކު އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަޤާފަތް ދިރުވުމާއި، އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަމައެއާއެކު، ޒުވާނުންނާއި އިސްރަށްވެހިން ޝާމިލުވެގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން އިޖްތިމާޢީ ކަންކަމުގައި ޝާމިލުކުރުން އިތުރުކުރުމާއި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހުރި އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި ސިފަތައް އެއްޖީލުން އަނެއް ޖީލަށް ދަސްކޮށްދިނުމާއި އަށަގެންނެވުމެވެ. އަދި މިއީ ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކޮށް ޒުވާނުންނާއި އިސްރަށްވެހިންގެ އިޖްތިމާޢީ ގުޅުން ބަދަހިކޮށްދޭނެ ހަރަކާތްތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.