އިސްރާއިލުން އީރާނަށް ބޮން އެޅުން
ދުނިޔެ
13 Jun 2025 | 09:41
އިސްރާއީލުން އީރާނަށް ބޮންއެޅުން: އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާއާ އިސް އޮފިޝަލުންތަކެއް އަވަހާރަވެއްޖެ

މިއަދު ފަތިހު އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކުގައި އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އަވަހާރަވެއްޖެއެވެ.

އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ބަޣޭރީގެ އަވަހާރަވެފައުވާއިރު އޭނާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެތައް އަސްކަރީ އޮފިސަރުންނަކާއި ސައިންޓިސްޓުންނެއް މި ހަމަލާގައި މަރުވެފައިވާކަމަށް ވެސް ރިޕޯޓުކުރެވެއެވެ.

އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ

އޭގެ ތެރޭގައި، އީރާނުގެ އިންޤިލާބީލަޝްކަރުގެ ކޮމާންޑަރު ހުސައިންސަލާމީ އާއި، ޚަތީމް އަލް އަންބިއާ މިލިޓަރީ ހެޑްއުއާޓަރގެ ކޮމާންޑަރު ގުލާމް އަލީ ރާޝިދު އަދި ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހެރާނީ އާއި ފެރީދޮން އައްބާސީ ހިމެނެއެވެ. 

އިސްރާއީލުގެ ރައީސް އިސްހާޤު ހަރޒޮގް ބުނެފައިވާ ގޮތުން އިސްރާއީލަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤާއި ވާޖިބު އޮތް ކަމަށެވެ. އަދި އީރާނުން ސަރަޙައްދު ހަމަނުޖެހުމަކަށް ދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މިއަދުގެ ހަމަލާއިން ސަރަޙައްދު އަމާން މުސްތަޤުބަލަކަށް ބަދަލުވެގެންދާނެކަމުގެ އުންމީދު އޮތް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ އިތުރު ހަމަލާތައް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް