ބިރެއް ލަދެއް ނެތް؛ ހުކުރު ވަގުތު ޓިނު ނަގައިގެން ވަދެ ވައްކަން ކޮށްފި

ވިލިމާލެ ފެރީ ޓާމިނަލް

މާލޭގެ މާފަންނުކޮޅުގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ ފިހާރައިން ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

އެ ފިހާރައިން ވައްކަން ކުރީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ އެ ތަނުގެ ޓިނު ނަގައިގެން ކަމަށެވެ.

އަދި ފޯނު އަކާއި ފައިސާ އެ ފިހާރައިން ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް