އިޒްރާއީލްގެ މިސައިލް ހަމަލާއެއް ތެހެރާނުެ އަވަށަކަށް އަމާޒުވެފައި... ފޮޓޯ: އީރާން ޓްޑޭ
ދުނިޔެ
14 Jun 2025 | 10:38
އިޒްރާއީލުން އަނެއްކާވެސް އީރާނަށް މިސައިލް ހަމަލާތަކެއް ދޭން ތައްޔާރުވަނީ

އިޒްރާއީލުގެ އަސްކަރިއްޔާއިން އަނެއްކާވެސް އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

ދަ ޓައިމްސް އޮފް އިޒްރާއީލުން ބުނެފައިވަނީ، އެޤައުމުގެ ވައިގެ ސިފައިން ތެހެރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އިޒްރާއީލްގެ ވައިގެ ސިފައިން ވަނީ ތެހެރާނުގެ މަރުކަޒްތަކަށް ހަމަލާދޭ މަންޒަރުތައް އެކްސްގައި އާއްމުކޮށްފައެވެ. މި ވީޑިއޯތައް އާއްމުކުރަމުން އިޒްރާއީލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިތުރު ބެލަސްޓިކް މިސައިލްތައް ތެހެރާނަށް ފޮނުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.

އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، މި ހަމަލާތަކަކީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތަކެއް ނޫންކަމަށާއި، މިއީ އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ދޭ ހަމަލާތަކެއްކަމަށެވެ. އެގޮތުން އިޒްރާއީލްގެ މަޤްސަދަކީ އީރާނުގެ ރައްޔިތުންނަށް އެޤައުމުގެ ސަރުކާރުގެ ހަރުކަށިކަމާ އަނިޔާވެރިކަމުން ނުލިބިވާ މިނިވަންކަން ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ނަތަންޔާހޫ ބުންޏެވެ. މި ހަމަލާތަކާ ބެހޭގޮތުން ނަތަންޔާހޫ ދެއްކި ވާހަކަތަކުން ބޮޑަށް ދޭހަވަނީ އިޒްރާއީލް ސަރުކާރުގެ އަމާޒުހުރީ އީރާނުގެ ވެރިކަން ބަދަލުކުރުމާ ދިމާލަށްކަަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އިޒްރާއީލްގެ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުއިން ވަނީ އެގޮތަށް އީރާނަށް ހަމަލާދިނުމުގެ ހައްގު އެ ޤައުމަށް ލިބިގެން ނުވާަކަމަށްބުނެ ހަމަލާތައް ކުށްވެރިކޮށްފައެވެ. މީގެ ތެރޭގައި ސައުދީ، އިޓަލީ، ގަތަރު، އދ، އިރާގް، ފްރާންސް، ކުވައިތު، ޖޯޑަން، ހިމެނެއެވެ.

އިޒްރާއީލުން ތެހެރާނަށް އިއްޔެރޭ އަމާޒުކުރި ހަމަލާތަކުގެ ބޮޑުބައެއް އަމާޒުވީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށްކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި ބައެއް ހަމަލާތައް ވަނީ އީރާނުގެ ޑިފެންސް ސިސްޓަމުން ވައިގެ ތެރެއަށް ގޮއްވާލާފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ނިއުކްލިއާ މަރުކަޒަކަށް ހަމަލާ އަރާފައިވާކަމަށް އީރާނުންނެވެސް ވަނީ އެއްބަސްވެފައެވެ.

އެ ހަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ރޭ ވަނީ އިޒްރާއީލްގެ ތެލްއަވީވަށް މިސައިލް ހަމަލާތަކެއްދީފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ތެލްއަވީވަށް ވަނީ އަމާޒުވެފައެވެ. އިޒްރާއީލުން ބުނީ އީރާނުން ދިން ހަމަލާތަކުގައި، މިހާތަނަށް 2 މީހަކު މަރުވެ 20 މީހަކަށް އަނިޔާވެފައިވާކަމަށެވެ. އީރާނުން ތެލްއަވީވަށް ހަމަލާދިންއިރު، ގިނަބަޔަކު ތިބީ ބިންގަރާސްތަކަށްވަދެ އެތަންތަނުން ހިމާޔަތް ހޯދައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ